ހޮސްޕިޓަލުން މާދަމާ ކަރަންޓް ކެނޑޭނެ، ދޭ ފަރުވާއަކަށް ބުރުލެއް ނާރާނެ: އައިޖީއެމްއެޗް

ކަރަންޓް މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ މާދަމާގެ އެކި ވަގުތުތަކުގައި އައިޖީއެމްއެޗްގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑޭނޭ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. އައިޖީއެމްއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ހޮސްޕިޓަލުގެ ކަރަންޓް ދިނުމަށް ބޭނުންކުރާ ޕެނަލް އަޕްގުރޭޑް ކުރުމަށް މާދަމާ ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ދަށުން ތިން ވަގުތެއްގައި ކަރަންޓް ކެނޑޭނެ ކަމަށެވެ. ކަރަންޓް ކެނޑޭނެ ވަގުތުތައް: ހެނދުނު 7:00 ގައި ޓްރާންސްފޯމާ އެކަކުން ވަގުތީ ގޮތުން ކަރަންޓް ކަޑާލުން (20 މިނެޓް) މެންދުރުފަހު 2:30 ގައި 30 މިނެޓަށް ހަވީރު 4:00 ގައި 30 މިނެޓަށް އައިޖީއެމްއެޗުން ބުނީ، މާދަމާ ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ތިބޭ ބަލިމީހުންނަށް ދެވޭފަރުވާތަކަށް ބުރޫނާރާ ކުރިއަސް ގެންދެވޭނެ ގޮތަށް ހުރިހާ ކަމެއް އިންތިޒާމް ކުރެވިފައިވާ ކަމަށެވެ. ކަރަންޓް ކެނޑިގެންދާނެ ވަގުތުތަކުގައި ކަރަންޓް ނެތުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިންގެ ކިބައިން އެ ހޮސްޕިޓަލުން މައާފަށް އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ