އެމްޑީޕީގެ ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރުމަށް އަލްހާން ހައިކޯޓަށް


އެމްޑީޕީގެ ފޭދޫ ދާއިރާގެ ޕްރައިމަރީ އާއި، އެމްޑީޕީގެ ޓީކެޓްގައި ފޭދޫ ދާއިރާއަށް ވާދަކުރާ މުޙައްމަދު ނިހާދުގެ ކެންޑިޑެންސީ ބާތިލްކުރުމަށް އަލްހާން ފަހުމީގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
 
އަލްހާންގެ އާއިލާއިން ބުނީ އެދާއިރާއަށް އެމް.ޑީ.ޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުގެ ކެންޑިޑެންސީ ވަގުތީގޮތުން ހިފެހެއްޓުމުގެ އަމުރަކަށް ހައިކޯޓުގައި އެދިފައިވާކަމަށެވެ. އަދި މައްސަލަ ހައިކޯޓަށް ހުށަހެޅީ އެމްޑީޕީން އާންމުކުރި ވޯޓާސް ލިސްޓާއި، ވޯޓުލީ ދުވަހު ބޭނުންކުރި ލިސްޓާއި ތަފާތުތަކެއްހުރެ، އެމައްސަލަ އެމްޑީޕީގެ އެތެރޭގެ ގުނަންތަކުން އެކަށީގެންވާ ގޮތެއްގައި ބަލާފައި ނުވާތީކަމަށް އަލްހާންގެ އާއިލާއިން ބުނެއެވެ.
 
 
ނަމަވެސް ފޭދޫ ދާއިރާގެ ޕްރައިމަރީގައި ނަތީޖާއަށް ބަދަލު އަންނަ ވަރުގެ މައްސަލައެއް ދިމާވެފައި ނުވާކަމަށް އެމް.ޑީ.ޕީން ބުނެއެވެ. ފޭދޫ ދާއިރާގެ ޕްރައިމަރީ ނާކާމިޔާބުވުމުން އަލްހާން ވަނީ އަމިއްލަ ގޮތުން އެދާއިރާއަށް ވާދަކުރައްވަން ނިންމާފައެވެ.
 
ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާއި ގުޅިގެން އަލްހާން އަންނަނީ ސްރީލަންކާގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި އަލްހާނަށް ދިން ހަމަލާގެ ސަބަބުން އޭނާގެ ވައަތު ފައި މަސައްކަތްނުކުރާކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އަލްހާން އާއިލާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ