ޗީފް އޮފް ޑިފެންސްފޯސް އަހުމަދު ޝިޔާމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.
ޗީފް އޮފް ޑިފެންސްފޯސް އިންޑިއާ އަށް ފުރާވަޑައިގަންފައިވަނީ "ގޯއާ މެރިޓައިމް ކޮންކްލޭވް" ނަމުގައި އިންޑިއާގެ ގޯއާގައި އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ބާއްވާ ފޯރަމެއްގައި ބައިވެރިވުމަށެވެ.
މި ފޯރަމަކީ މި ސަރަހައްދުގެ ކަނޑުމަތީގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ބާއްވާ ފޯރަމެކެވެ. އެގޮތުން މި ފޯރަމްގައި ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަހުމަދު ޝިއާމް ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ކަމަށް މަޢުލޫމާތު ލިބެއެވެ.
ޗީފް އޮފް ޑިފެންސްފޯސް އަހުމަދު ޝިޔާމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ