ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިގުތިސާދީ ގުޅުންތަކުގެ އެންމެ ވަރުގަދަ އެއް ހަތިޔާރު ކަމަށް، އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކި ކަންތައްތަކާ ހިތްހަމަނުޖެހިގެން އުޅޭ ސިޔާސީ މީހުންނާއި ހާރިޖީ މާހިރުން ކަމަށް އަމިއްލަ އަށް ބުނާ މީހުން ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ކަމަށެވެ.
އެ ޓްވީޓުގައި ހާރިޖީ މާހިރުން ކަމަށް އަހުމަދު އެ އިޝާރަތްކުރައްވަނީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކަމަށް ބެލެވެ އެވެ. އިދިކޮޅު ބައެއް މީހުން ވަނީ ޗައިނާއާ އެކު ރާއްޖޭން މިނިވަން ވިޔަފާރީގެ ގުޅުން ގާއިމްކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
It is unfortunate that some disgruntled politicians and self-appointed diplomacy experts have voiced unfounded concerns on the Maldivian-China FTA. In today's global economic scenario, FTA's are one of the strongest tools of economic diplomacy. https://t.co/3sw3CvKtIM— Ahmed Mohamed (@ahmedMDV) December 26, 2017
ފްރީ ޓޭރޭޑް އެގްރިމެންޓާ ގުޅޭގޮތުން ސަފީރު އަހުމަދު ކުރެއްވި ޓްވީޓްއިންޑިޔާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރަން އިންޑިއާ ސަރުކާރުގެ އިސް ވަފުދެއް ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާގައި ވަނީ ބުނެފަ އެވެ. އޭގައިވާ ގޮތުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރަން އިންޑިއާ ސަރުކާރުގެ ވަފުދެއް އަންނަ މަހުގެ ކުރީކޮޅު ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ނޫހުގައިވެ އެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާ އާއި ރާއްޖެ ސޮއިކޮށްފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހެވެ. އެ އެގްރިމެންޓުން ދިވެހިންނަށް ހައްގުވާ ތަރައްގީ ހޯދައިދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.
މިނިވަން ވިޔަފާރިއަކީ އިގުތިސާދީ ގުޅުމުގެ ވަރުގަދަ ހަތިޔާރެއް: ސަފީރު އަހުމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ