ގުދުސް އާއެކު ވާކަން އަމަލުން ދައްކަން ޖެހޭ- އިބްރާހިމް އަހުމަދު

ފަލަސްތީނުގެ ގުދުސްއާއެކު ވާކަމަށް ދުލުކުރިން ބުނުމުގެ ބަދަލުގައި ގުދުސް އާއެކު ވާކަން އަމަލުން ދައްކަންޖެހޭ ކަމަށް އިސްލާމިކު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް އަހުމަދު ވިދާޅުވެއްޖެއެވެ.ޗެނަލްތާޓީންގެ ނިއުސްޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިސްލާމިކު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް އަހުމަދު ވަނީ އިޒްރާއިލުގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައެޅުމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ހުރިހާ މުސްލިމުންވެސް އެކައްޗަކަށްވެ އެކަމާއި ދެކޮޅަށް އަޑުއުފުލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އިބްރާހިމް އަހުމަދު ވިދާޅުވީ މުސްލިމް ހުރިހާ ގައުމު ތަކުންވެސް މިއަދު ހަމަ އެކަނި ދުލުކުރިން ގުދުސް އާއެކު ވާކަން ހާމަކުރުމުގެ ބަދަލުގައި ގުދުސްއާއެކު ވާކަން އަމަލުން ދައްކަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ މުސްލިމު ގައުމުތަކަށް މިފަދަ ހިތާމަވެރި ކަންތައްތައް ދިމާވުމުގެ އަސްލަކީ މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމެއް ނެތުމުން ކަމަށެވެ.އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެމީހެއްގެ މިލްކެއްގައި ނެތް އެއްޗެއް އެހެން މީހަކަށް ދިނުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިފައިނުވާ ބީދައިން ގުދުސްއަކީ އިޒްރާއިލުގެ ވެރިރަށްކަމަށް ކަނޑައެޅުމުގެ އެއްވެސް ހައްގެ އެމެރިކާގެ ރައީސަށް ލިބިގެން ނުވާކަމަށެވެ. އަދި އެމެރިކާގެ ރައީސްގެ މި ނިންމުމުގެ ނަތީޖާއެއް ގޮތުން ފަލަސްތީނާއި އިޒްރާއިލާއި ދެމެދުގައި ވާ ނުތަނަވަސްކަމާއި ހަމަނުޖެހުން ބޮޑުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.އިބްރާހިމް މުހައްމަދު ވިދާޅުވީ ފަލަސްތީނުގައިވާ އެންމެ މުހިއްމު އަދި މުގައްދަސް ބިމަކީ ގުދުސްކަމަށް. އެހެންކަމުން މުސްލިމުންގެ މި ބިން ސަލާމަތްކުރަން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އޭނާ ގޮވާލެއްވި. އަދި މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށް ބެލެވޭ މަސްޖިދުލްއަގްސާ ހުރި ބިމަކީވެސް އެއީކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ