ސައުތްއޭޝިއަން ޓްރެވަލް އެވޯޑްސް 2018, އިންޑިއާގެ މުންބާއީގައި

މިއަހަރުގެ ސައުތްއޭޝިއަން ޓްރެވަލް އެވޯޑްސް، ސާޓާ އިންޑިއާގެ މުންބާއީގައި ބާއްވާގޮތައްނިންމައިފިއެވެ. 
ސާޓާއަކީ ރާއްޖޭގައިހުންނަ އިވެންޓް މެނޭޖްމަންޓް ކުންފުންޏެއްކަމަށްވާ ހައިރައިޒްއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ އެވޯޑެކެވެ. ސާޓާގެ ސެކެރެޓޭރިއޭޓުން ނެރިފައިވާ ބަޔާނެއްގައިވާގޮތުން މިމަހުގެ ތެރޭގައި ސަޓާގެ އޮފިޝަލުންވަނީ އިންޑިގެމުންބާއީއަށް ދަތުރުކޮށް އެވޯޑްސް ހަފްލާޔާބެހޭ ގޮތުން މަހަރާޝްތްރަ ޓުއަރިޒަމްބޯޑާ ބައްދަލްކޮށް މަޝްވަރާކޮށްފައެވެ. 
ސާޓާގެ މިއަހަރުގެ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހު ނުވަތަ އޮކްޓޫބަރުމަހުގައިކަމަށް ހައި ރައިޒުންބުނެއެވެ. ނަމަވެސް މިއެވޯޑްސް ޙަފްލާ ބާއްވާނެ ތަނެއް އަދި ނިންމާފައެއްނުވެއެވެ. 2018ގެސާޓާއަށް ނޮމިނޭޝަންސް ފޮނުވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ސާޓާއެވޯޑްސްއަކީ ސްރީލަންކާ، ރާއްޖޭ، އިންޑިއާ، ނޭޕާލްފަދަ ޤައުމުތަކުގެ ޓުއަރިޒަމް ޕްރޮމޯޝަން ބޯޑުތަކާއި ފަތުރުވެރިކަމުގެ މައި ކުންފުނިތަކުން އެންޑޯޒްކޮށްފައިވާއެވޯޑެކެވެ. 
މިއެވޯޑްސްގެ ފުރަތަމަ ބައި ބާއްވާފައިވަނީ 2016ވަނަ އަހަރު ސްރީލަންކާގެމައުންޓް ލެވިނިއާ ހޮޓެލްގައެވެ. ދެވަނަ ބައި ކުރިޔަށް ގެންގޮސްފައިވަނީ 2017ވަނައަހަރު އައްޑުއަތޮޅު އީކުއޭޓަރ ވިލެޖުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ