ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކުރުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ. ކަރެކްޝަން އިން މިހެން ބުނި އިރު އެމަނިކުފާނުގެ ބޭސްފަރުވާގެ ކަރެކްޝަން އިން އެންމެ ފަހުން އިތުރުކޮށްދިން ހަތް ދުވަހުގެ މުއްދަތު މާދަމާއަށް ހަމަވެ އެވެ.
ކަރެކްޝަންގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ ގާސިމްގެ މުއްދަތު މާދަމާ ހަމަވި ނަމަވެސް އެ މުއްދަތު އިތުރު ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އަދި މުއްދަތު ހަމަވާއިރު ވެސް ގާސިމް ރާއްޖެ ނައިސް ފިލައިގެން އުޅޭ ނަމަ ފުލުހުންގެ އެހީތެރިކަން ހޯދާނެ ކަމަށާއި ނަމަވެސް އަދި ފުލުހުންގެ އެހީތެރިކަމަށް އެދިފައި ނުވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ގާސިމްއަށް ކަރެކްޝަން އިން 10 ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށް ފަހު ރާއްޖެ ވަޑައިގަތުމަށް އެއާޕޯތަށް ވަޑައިގަތުމުން އެމަނިކުފާނު ހާލަތު ހުރި ގޮތުން ސިންގަޕޫރު އެއާލައިންސް އިން ފްލައިޓަށް ނާރުވާ ކަމަށް ގާސިމްގެ ވަކީލުން ބުނެ އެވެ. އަދި ކަރެކްޝަން އިން ދީފައިވާ ޓްރެވަލް ޑޮކިއުމަންޓުގައިވާ ގޮތުން ދަތުރު ކުރެވޭނީ ވެސް ހަމައެކަނި އެ އެއާލައިންސް އިން ކަމަށް ވަކީލުން ބުނެ އެވެ.
ހިތުގެ ބައްޔަކަށް ފަރުވާ ކުރައްވަމުން ގެންދަވާ ގާސިމް ދާދި ފަހުން ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކުރައްވާފަ އެވެ. ނަމަވެސް އެއަށް ފަހު އިއްޔެ ރާއްޖޭ ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން ޑޮކްޓަރުން މަޑު ކުރަން ލަފާދީފައި އޮތުމުން އޭނާ ފްލައިޓަކަށް ނާރުވަ އެވެ.
ރިޝްވަތުގެ މައްސަލާގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ހުކުމް އައިސްފައިވާ ގާސިމްގެ ބޭސްފަރުވާއަށް ކަރެކްޝަނުން ފުރަތަމަ ދިނީ 10 ދުވަހުގެ މުއްދަތެކެވެ. ނަމަަވެސް އެ މުއްދަތުގެ ތެރޭގައި ބޭސްފަރުވާ ނުކުރެވޭތީ އިތުރު 10 ދުވަސް ވެސް އެ ސާވިސްއިން ދިނެވެ.
ފުލުހުން މެދުވެރިކޮށް ވިޔަސް ގާސިމް ރާއްޖެ ގެންނާނެ: ކަރެކްޝަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ