ފޭކު ޕޭމަންޓް ސްލިޕެއް ބޭނުންކޮށްގެން "ނިޔު އެޑިޝަން" ފިހާރައިން 8،000 އަށްވުރެ ގިނަ ރުފިޔާގެ މުދާ ނެގި ދެ އަންހެނުން ހޯދަން އެ ފިހާރައިން އިއުލާން ކޮށްފިއެވެ.
ނިޔު އެޑިޝަން ފިހާރައިން މިކަން ހާމަކޮށް ވަނީ އެ ދެ އަންހެނުން ފޭކު ސްލިޕް ފޮނުވައި ފިހާރައިން މުދާ ނެގިއިރުގެ ސީސީޓީވީ ފޫޓެޖްވެސް އާއްމު ކޮށްފައެވެ.
އެ ފިހާރައިން މައުލޫމާތު ދޭގޮތުން މި ދެ މީހުން ވަނީ ޖުމްލަ 8،788.29 ރުފިޔާގެ އަގުހުރި މުދާ އެ ފިހާރައިން ނަގާފައެވެ.
މި ހާދިސާ ހިނގި ވަގުތު އެތަނުން އެކަކު ހުރީ ކާކުކަން ނޭނގޭ ގޮތަށް މާސްކު އަޅައިގެންނެވެ.
އެ ފިހާރައިން ބުނި ގޮތުގައި، މި ދެ މީހުން ދެނެގަނެވޭ ފަދަ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 7784250 ނަންބަރަށް ގުޅައި އެކަން ހިއްސާކޮށްދިނުމަކީ އެ ފިހާރައިގެ ވަރަށް ބޮޑު އެދުމެކެވެ.
އަދި މިކަމާ ގުޅޭ ސައްހަ މައުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް ހާއްސަ އިނާމެއް ދޭނެ ކަމަށްވެސް އެ ފިހާރައިން ވަނީ އިއުލާނުކޮށްފައެވެ.
ފޭކު ސްލިޕް ފޮނުވައިގެން ފިހާރައަކުން 8،700 ރުފިޔާގެ މުދާ ގަތް ދެ އަންހެނުން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ