ވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ހާއްސަ ފެރީއެއް ހަމަޖައްސައިފި

ހދ. ވައިކަރަދޫގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓަށް ނެރުމަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށާއި ކުޅުދުއްފުއްޓާއި ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަ ފެރީއެއް ހަމަޖައްސައިފިއެވެ.
މި ޚާއްޞަ ފެރީގެ ނިޒާމު ޤާއިމުވުމުން، ވައިކަރަދޫގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ކުޅުދުއްފުށީގެ މާކެޓަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މިއީ އެ ރަށުގެ އިޤްތިސާދަށާއި ދަނޑުވެރިންގެ އާމްދަނީއަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ. މީގެ އިތުރުން ވެސް، ރާއްޖޭގެ ހުރިހާ ދަނޑުވެރިން ހައްދާ ތަކެއްޗަށް އެކަށީގެންވާ ރަނގަޅު ނަފާއެއް ހޯދައިދިނުމަށް، އުފެއްދުންތަކާއި މާރުކޭޓުތަކާ ގުޅުވައިދިނުމަށް އިތުރު ގޮތްތައް ހޯދުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ދެމެހެއްޓެނިވި، ފައިދާހުރި، އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ