އަހުމަދު ޒުބޭރަކީ ދީނީ ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކޮށްފައިވާ މީހެއް:އެންސީޓީސީ
އަހުމަދު ޒުބޭރަކީ ދީނީ ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކޮށްފައިވާ މީހެއް ކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނެފިއެވެ.ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގެ ތެރޭގައި އަނިޔާވެރިގޮތަަކަށް މަރާލާފައިވާކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވާ ވ. މެޑަލްޖެހިގޭ އަހުމަދު ޒުބޭރަކީ ދީނީ ހަރުކަށި ފިކުރުތަކަށް ތަބާވެ، އެފަދަ ފިކުރުތައް ފަތުރަން މަސައްކަތްކޮށްފައިވާކަމުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ބޭރުގެ ޖަމާޢަތްތަކާއި ގުޅިގެން ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދަތުރުކޮށްފައިވާ ދިވެހިންގެ ލިސްޓުގައި ހިމެނޭ މީހެއް ކަމަށްވެސް އެންސީޓީސީ އިން ބުނެއެވެ. އަދި އޭނާއާއެކު އޭނާގެ ދެ ދަރިންނާއި އަންހެނުންވެސް ގެންގޮސްފައިވާކަމަށް އެންސީޓީސީ އިން ވަނީ އެންސީޓީސީ އިން ބުނީ ޒުބޭރުގެ މަރާއި ބެހޭގޮތުން ލިބިފައިވާ މައުލޫމާތު ތަކުގެ ސައްހަކަން ކަށަވަރުކުރުމާއި، ޒުބޭރާމެދު ކަންތައްތައް ހިނގާފައިވާ ގޮތް ފުރިހަމައަށް ދެނެގަތުމަށްޓަކާ ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ