މިނިވަންދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން މިރޭ..

ކޮންމެ އަހަރެއްގެވެސް މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ބާއްވަވަމުން އަންނަ ރަސްމީ ބައްދަލުކުރެއްވުން މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން  ފާޠިމަތު އިބްރާހީމް ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މިރޭ އޮންނާނީ ދަރުބާރުގޭގައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.
މިއަހަރުގެ މި ބައްދަލުކުރެއްވުމަށްވެސް ގިނަ ޢަދަދެއްގެ ބޭފުޅުންނަށް ވަނީ ދަޢުވަތު އަރުވާފައެވެ. އޭގެ ތެރޭގައި ވަޒީރުންނާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްޖރައްވާފައިވާ ބޭފުޅުންނާއި ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުގެތަކުގެ އިސްފަރާތްތައްވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ