އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވެފައިވަނީ "އަވަސް ހުކުރަށް" ދެއްވި ބަސްދީގަތުމެއްގައެވެ.
"ދެންވެސް ރައީސުލް ޖުމްހޫރިއްޔާ ނިންމަވަފިފިއްޔާ އަޅުގަނޑުގެ ލަޔަފާ އިރުޝާދު ބޭނުންފުޅު ކަމުގައި ވިއްޔާ ނުވަތަ އެބޭނުން ފުޅުވާ ދާއިރާއަކުން އަޅުގަނޑު މިހުރީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރައްވަން ތައްޔާރަށް" ދުންޔާ ވިދާޅުވިއެވެ.
ދުންޔާ އިތުރަށް ވިދާޅުވިގޮތުގައި އޭނާ ވަނީ ކުރީގެ ތިން ރައީސުންނާއެކު މައްސަކަތް ކުރައްވާފައި ކަމަށާއި އދ ގެ މަޤާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެއްކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަނާއަކީ ތައުލީމީ ގޮތުން އެންމެ ރަނގަޅު ޔުނިވާސިޓީތަކުން ތައުލީމް ހާސިލް ކުރަން ފުރުސަތު ލިބިފައިވާ ފަރާތެއްކަން ވެސް ފާހަގަކުރައްވާފައެވެ.
"ތަޖުރިބާއަށް ބެލިޔަސް، ތައުލީމަށް ބެލިޔަސް އަޅުގަނޑަށް އިރާދަފުޅު ކުރެއްވީތީވެ ވަރަށް ރަނގަޅު އޮޕޮޗުނިޓީތަކެއް ލިބިފަ މިއޮތީ" ދުންޔާ ވިދާޅުވިއެވެ.
މި އިންޓަވިއުގައި ވަނީ އެކަމަނާ ރައީސް ޔާމީންގެ ހާޒިޖީ ވަރީޒެއްގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތަކާއި ކާމިޔާބިތައް ހިއްސާ ކުރައްވާފައެވެ.
ދުންޔާ ހާޒިރީ ދާއިރާގައި ހުންނެވީ ރާއްޖެއަށް އެންމެ ގޮންޖެހުން ގިނަ ދުވަސް ކޮޅުގައި ކަމަށް ފާހަގަކުރެއްވިއެވެ.
އިބްރާހިމް މުހައްމަދު ސަރުކާރުގެ ވަޒީރުންގެ މަޖްލިސް އިއުލާން މިހާތަނަށް ކުރައްވާފައި ނުވި ނަމަވެސް ހާޒިޖީ ވަޒީރުކަމަށް އައުން އެންމެ ގާތީ ރައީސް ނަޝީދު ސަރުކާރުގެ ވެސް ހާޒިޖީ ވަޒީރުކަން ކުރެއްވި ކެރަފާ ނަސީމް އެވެ.
މިހާތަނަށް މީޑިއާތަކުގައި ވާޒީރުކަމުގެ ޝައުގު އެންމެ ބޮޑަށް ފާޅުކޮށްފައިވަނީ ހ. ތިމާވެށީ، އަބްދުﷲ ޖާބިރުކަން ފާހަގަކޮށްލަން ޖެހެއެވެ.
އާސަރުކާރުގައި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ތައްޔާރު - ދުންޔާ މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ