ހުޅުމާލެ ބީޗު ބޭނުންކުރާ މައްސަލައިގައި އެޗްޑީސީގެ ރާގު ބަދަލުވެއްޖެ

ހުޅުމާލެ ބީޗު ސަރަހައްދުގެ ބޮޑު ބައެއްގައި ކެފޭ އާއި ރެސްޓޯރެންޓްތަކުން ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ކުރަމުންދާ މައްސަލައިގައި އެޗްޑީސީގެ ރާގު ބަދަލުވެއްޖެ އެވެ.
ކަނޑއެޅި މުއްދަތު ހަމަވެ ދެ ހަފްތާވާން ކައިރިވެފައިވާ އިރު ވެސް އަދިވެސް ބީޗު ސަރަހައްދުގައި ކެފޭތަކާއި ރެސްޓޯރެންޓްތަކުން އެ ސަރަހައްދުގައި ގޮނޑި މޭޒު ބަހައްޓައިގެން އަންނަނީ ވިޔަފާރި ކުރަމުންނެވެ. ބައެއް ވިޔަފާރިތަކުން ގޮނޑި އާއި މޭޒުތައް ނަގާފައިވާ އިރު އަދިވެސް އެ ސަރަހައްދުގައި ރެސްޓޯރެންޓްތަކުން ދަނީ ވިޔަފާރި ކުރަމުންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، ބީޗު ސަރަހައްދުގައި ކޮފީ މޭޒު ބަހައްޓައިގެން އަދިވެސް ވިޔަފާރި ކުރާ ކަމަށެވެ. އެ ފަރާތްތަކަށް ފިޔަވަޅެއް އެޅުމަށް ނުވިސްނާ ކަމަށާއި ސަބަބަކީ އެ ސަރަހައްދުގައި އެފަ ރާތްތަކުން ވެސް ބޮޑު ހަރަދެއް އެކަމަށް ކޮށްފައިވާތީކަ މަށެވެ. އެޗްޑީސީން އެދެނީ ވިޔަފާރި ކުރުމަށް އެ ސަރަހައްދުގައި އިމާރާތްކޮށްފައިވާ ސްޓްރަކްޗާތައް ނެގުމަށެވެ. އެހެން ނަމަވެސް ގޮނޑި މޭޒު ބަހައްޓައިގެން ރެސްޓޯރެންޓްތަކުން އެ ސަރަހައްދު ބޭނުން ކުރުމަށް ހުއްދަ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރިއަށް މި އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސްޓްރަކްޗާތައް ނަގާތޯ ބަލާނެ ކަމަށާއި ނުނަގައިފި ނަމަ އެޗްޑީސީން އެތަންތަން ނަގާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ސޯޝަލް މީޑިއާގައި މިކަމާ ފާޑު ކިޔާފައިވަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެޗްޑީސީން ވަނީ ބަޔާނެއް ނެރެފަ އެވެ. އެގޮތުން ޖެނުއަރީ 31 ގެ ނިޔަލަށް ހުޅުމާލެ ބީޗު ސަރަހައްދުގައި ހުރި ގޮނޑިތަކާއި މޭޒުތައް ނެގުމަށް އަންގާފައިވެ އެވެ. އަދި ގޮނޑިތައް ނުނަގައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.
އެއްވެސް ފީއެއް ދެއްކުމަކާ ނުލަަަައިހު ޅުމާލޭ ގެސްޓްހައުސްތަކުންނާއި ރެސްޓޯރެންޓްތަކުން ވިޔަފާރީގެ ބޭނުންތަކަށް ބީޗު ބޭނުންކުރާ މައްސަލާގައި އާންމުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ފާޑުކިޔާ މީހުން ބުނަނީ ބީޗް ސަރަހައްދު މިހާރު ވަނީ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ހިސޯރުކޮށްފައި ކަމަށާއި އެކަމަކު އެއީ އެންމެންނަށް އެއް ހަމައެއްގައި ބޭނުންކުރެވޭ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ޓެކްސް ދެއްކުމަކާ ނުލާ ދައުލަތުގެ ބިން ބޭނުންކޮށްގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ