މެމްބަރު ސައުދުގެ ގޮނޑި ނުގެއްލޭ ކަމަށްވެސް ހުކުމް ކޮށްފި

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ މެންބަރު ކަމުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.
ސައުދުގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ އިރު މީގެ ކުރިން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ވަނީ ކަނޑައަޅާފައެވެ.
އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ ނޫނީ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ހުކުމް ހޯދުމަށް ބަންޑާރަ ނައިބުގެ ފަރާތުން ދުސްތޫރީ މައްސަލައެއް ވެއްދީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގިނަ މެންބަރުންތަކެއް ސޮއި ކުރެއްވުމުންނެވެ.
ސްޕްރީމް ކޯޓުގައި މިހާރު ކުރިއަށް ދަނީ މެންބަރު އަބްދުއްލަތީފްގެ މައްސަލަ އެވެ. އޭގެ ފަހުން އަމީތުގެ ގޮނޑީގެ މައްސަލާގައި ހުކުމް ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ