މީދޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދަން ޖަނަރޭޓަރުތައް ފޮނުވަނީ

ރ. މީދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އާ ޖަނަރޭޓަރުތަކެއް އެރަށަށް ފޮނުވާނެކަމުގެ އުފާވެރި ހަބަރު ދެއްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތުދެއްވަމުން އަމީތު ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ފެނަކައިގެ އިސްވެރިއަކާއި ބައްދަލުކޮށް މީދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށާއި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ލައްމާން އާއި ބައްދަލުކުރެވޭނެ ގޮތް ނުވިވިއިރު، ބައްދަލުވެފައި ވަނީ އެތަނުގެ ޗީފް ޓެކްނިކަލް އޮފިސަރާއި ކަމަށެވެ.
"ފެނަކައިން އެބަ ބުނޭ ހަފްތާއެއްގެ ތެރޭގައި އާ ޖެނަރޭޓަރުތައް އެރަށަށް އެބަ އަރުވަމޭ". އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވިގޮތުގައި، މީދޫއަށް ކަރަންޓުގެ މައްސަލަ ކުރިމަތިވެގެން އުޅޭތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެެއެވެ. އެކަމަށް ހައްލެއް ނައިސް މިިދިޔަ ދެ ތިން މަސްވެސް ދިޔައީ ރޭގަނޑާއި ދުވާލު ކަރަންޓްގެ މައްސަލަ ވަރަށް ބޮޑު މައްސަލައަކަށް ވެގެން ގޮސްފައިވާކަމަށް އަމީތު ފާހަގަކުރެއްވިއެވެ.
އަދި މިދިޔަ ދެ ތިން ދުވަސް ތެރޭގައި ރަށުގެ ރައްޔިތުން ތިބީ ކަނު އަނދިރި ކަމެއްގެ ތެރޭގައި ކަމަށާއި، ނަމަވެސް ރޭ ވަގުތީ ހައްލެއް ލިބިފައިވާކަމަށް އަމީތު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ