ގއ. ވިލިނގިލީގައި ހުންނަ، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
ރޭގެ ވަގުތެއްގައި ވިލިނގިލީ ބީއެމްއެލް ބްރާންޗް ފަޅާލާފައި ވަނީ އިމާރާތުން ޓިނު ނަގައިގެން ވަދެ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެތަނުން ނަގާފައި ވަނީ ކިހައި އަދަދެއްގެ ފައިސާ ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ބީއެމްއެލްގެ ވިލިނގިލީ ބްރާންޗް ފަޅާލާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ ރޭ ފަތިހު 05:37 ގައެވެ. މިމައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ގއ. ވިލިގިނލީ ބީއެމްއެލް ބްރާންޗް ފަޅާލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ