ދެމަފިރިން އެއްވަރަކަށް ސިޔާސީވީމަ ލިބޭ ގެއްލުން ވަކިންބޮޑު - އާދަމް ޝަރީފް އުމަރު

ދެމަފިރިން އެއްވަރަކަށް ސިޔާސީވީމަ ލިބޭ ގެއްލުން ބަކިންބޮޑުކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ މިއަދު އޭނާ ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއްގައެވެ. ނަމަވެސް މިހާރު ވަނީ މި ސްޓޭޓަސް ޑިޕީޓު ކުރައްވާފައެވެ.
އާދަމް ޝަރީފަކީ އަންނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ފަރާތެކެވެ. ނަމަވެސް ޕީޕީއެމް އިން ޕްރައިމެރީއަކާ ނުލައި ގިނަ ފަރާތްތަކަކަށް ޓިކެޓް ހަވާލުކޮށްފައިވާ އިރު މިހާތަނަށްވެސް އޭނާއަށް ޓިކެޓް ހަވާނުކުރާކަން ފާހަގަކުރެވެއެވެ. އަދި މިއީ ރައީސް ޔާމީން ނުވަތަ މެޑަމް ފާތުންގެ އިތުބާތު ނެތުމުން ޓިކެޓް ނުލިބެނީކަމަށް ބެލެވެއެވެ.
އާދަމް ޝަރީފަކީ ރައީސް ޔާމީންގެ ގާތް އިތުބާރު ކުރެވޭ މިނިސްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ