ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ޑީސަލް އިން ޑިއުޓީ ކަނޑާލަން ފާސްކޮށްފި

ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ޑީސަލް އިން ޑިއުޓީ ކަނޑާލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހެޅި އިސްލާހު ފާސްވީ 60 މެންބަރުންގެ އިއްތިފާގުންނެވެ.
އެ އިސްލާހު ހުށަހެޅި ސަބަބެއް ކަމަށް މެންބަރު މުސްތަފާ ބުނެފައިވަނީ މަސްވެރިކަމަށް ނުކުންނަ ފަރާތްތަކުން ކުރަންޖެހޭ ހަރަދު ކުޑަކޮށްދީ، ރާއްޖޭގައި މަސްވެރިކަން ކުރާ ދޯނިތަކަށާއި ކަރަންޓުގެ ހިދުމަތަށް ބޭނުންކުރާ ޑީސެލުން ޑިއުޓީ މައާފުކޮށްދިނުން ކަމަށެވެ.
އެ އިސްލާހުގައި ބުނާގޮތުން، އޮޑިދޯނި ފަހަރަށާއި ކަރަންޓު އުފައްދާ ފަރާތްތަކުން ބޭނުން ކުރާ ޑީސަލުން ޑިއުޓީ މައާފު ކުރާނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހުށަހެޅުމުންނެވެ.
އެ ބިލް މިއަދު ފާސްކޮށްފައިވާއިރު، ދެން އޮންނާނީ ރައީސް އެ ބިލު ތަސްދީގު ކުރުމެވެ. އެއަށްފަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ޑީސަލުން މިހާރު ޑިއުޓީގެ ގޮތުގައި ނަގަމުން އަންނަނީ ފަސް ޕަސެންޓެއް ނުނެގޭނެއެވެ.
ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުފުދުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ