ޖުމްހޫރީ ޕާޓީއަށް މެމްބަރު އިލްހާމާއި ހުސެއިން ސޮއިކުރައްވައިފި

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ޖުމްހުރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
މި ދެ މެމްބަރުން ޖޭޕީއަށް ސޮއިކުރައްވާފައި ވަނީ މ. ކުނޫޒުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ދެ މެމްބަރުން ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގެންނެވީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. އިލްހާމް ޖޭޕީއަށް ސޮއި ކުރެއްވުމުން ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ މަގާމު އޭނާއަށް ވަނީ ދެއްވާފައެވެ. މެމްބަރު އިލްހާމް ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު އިންތިހާބުވެވަޑައިގަތީ ޖެޕީގެ ޓިކެޓުގައި އެވެ.
ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިލްހާމްގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި މެމްބަރު ހުސެއިން މުހައްމަދު ލަތީފަކީ، ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް އަބްދުﷲ ޔާމީން އެންމެ އިތުބާރުކުރައްވާ ބޭފުޅުންގެ ތެރޭގައި މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހިމެނިވަޑައިގަންނަވާ އެވެ.
ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުސެއިން މުހައްމަދު ވިދާޅުވީ އޭނާ އަބަދުވެސް މަސައްކަތރްކުރައްވަނީ ދާއިރާގެ ރައްޔިތުންގެ އަޑު އެއްސެވުމަށްފަހުގައި ކަމަށެވެ. އަދި ރައީސް ޔާމީނާއެކު އެންމެ ފަހުވަގުތާ ހަމައަށްވެސް މަސައްކަތްކުރެއްވިކަން އޭނާ ފާހަގަކުރެއްވި އެވެ.
މިއަހަރު ބޭއްވި ރިޔާސީ އިންތީޚާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިވުމާއި ގުޅިގެން އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރެއްވި ގިނަ ބޭފުޅުން އަންނަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަމުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ