ރޭ ފަތިހު ބޮޑުތަކުރުފާނު މަގުގައި ޓްރެފިކް ވީސީޕީ ޖަހައި, ވެހިކަލް ޗެކް ކުރަމުރުމުގެ މަސައްކަތްކުރަމުންދަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ޖެއްސުމާ ގުޅިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަލްމަރްޙޫމް ޕޮލިސް ކޮންސްޓަބަލް މިޞްބާޙް ޢަބްދުﷲ ނިޔާވެފައިވާ މައްސަލާގައި އެސައިކަލް ދުއްވަން އިން މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.
މިރޭ ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހައިދީފައިވަނީ މި މައްސަލާގައި ސައިކަލް ދުއްވަން އިން ށ.ފޯކައިދޫ، އަރާމްގެ، ޙަސަން އަފީފް (27އ) ށެވެ.
ކްރިމިނަލް ކޯޓުން ވަނީ މީނާ 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ތަޙުޤީޤަށް ހައްޔަރުގައި ބެހެއްޓުމަށް މުއްދަތު ޖަހައިދީފައެވެ.
މިޞްބާހުގެ ގައިގާ ސައިކަލުން ޖެއްސިމީހާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ