މޯލްޑިވްސް އިމިގްރޭޝަނުން ދާދިފަހުން ދެ ބިދޭސީން ޑީޕޯޓްކުރި މައްސަލައިގައި ދައްކާވާހަކަ ދިމާނުވާކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އުޝާމް މިހެން ވިދާޅުވެފައިވަނީ ބިދޭސީން ޑީޕޯޓް ކޮށްލުމާ ގުޅޭގޮތުން އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރެއް ޓުވިޓަރގައި ހިއްސާ ކުރައްވަމުންނެވެ. އުޝާމްގެ ޓުވީޓުގައި ވިދާޅުވެފައިވަނީ މި ދެބިދޭސީން ޑީޕޯޓްކޮށްލުމާ ގުޅޭގޮތުން އިމިގްރޭޝަނުން ވަކިވަކިން ކޮށްފައިވާ ޓުވީޓުތަކާއި މިހާރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަޙްމަދު މުޙައްމަދު (ހަނަފީ) ވިދާޅުވާ ވާހަކަފުޅާ ދިމާނުވާ ކަމަށެވެ. ބިދޭސީން ޑީޕޯޓް ކުރުމަކީ އަބަދުވެސް ހިނގާ ކަމެއްކަންވެސް އުޝާމް ފާހަގަކުރައްވާފައިވެއެވެ. ރާއްޖެ އެމްވީއަށް ޙަނަފީ ދެއްވާފައިވާ އިންޓަރވިއުއެއްގައި ވިދާޅުވެފައި އެމީހުންނަކީ ކުށުގެ ހައިޕްރޮފައިލް މީހުންކަން ކުރިން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. މަނީލޯންޑާ ކުރުމާއި އެނޫން ވެސް އެތައް ކުށެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވި ޑީޕޯޓް ކޮށްލި ބަންގްލަދޭޝް އަބޫ ހަނީފް ފުރުވާލީ އޭނާ ގާނޫނާއި ޚިލާފު ވުމުން ކަމަށާއި ކުށްތަކުގެ ބޮޑެއްކަން ކުރިއަކުން އެއްވެސް ތަހުގީގު އިދާރާއަކުން އަންގާފައި ނުވާ ކަމަށްވެސް ހަނަފީ ވިދާޅުވެފައި ވެއެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ޤާނޫނާ ޚިލާފުވާ ބިދޭސީން ހައްޔަރު ކުރުމަށްފަހު ތަޙްޤީޤު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. Gaanoon aa hilaaf vaa bidheyseen deport kurumakee abadhu ves higaa kameh. Ehen namaves mi 2 bidheyseen deport kurumah fahu ekamaa gulhigen @ImmigrationMV in vaki vakin koffaivaa tweet thakaa controller @hanafymv miadhu dhakkavaa vaahaka aa dhimaa nuvaa kan faahaga kurevey. https://t.co/NXICTFSwlI pic.twitter.com/y3WpGjSrus— Ahmed Usham (@a_usham) September 29, 2019އިމިގްރޭޝަނުން ދެބިދޭސީއަކު ޑީޕޯޓް ކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 13ވަނަ ދުވަހުއެވެ. އެއީ އަބޫޙަނީފްގެ އިތުރުން ޝަފީޤުލް އިސްލާމް(މާސްޓަރ) ކިޔާމީހެކެވެ. މިދެމީހުންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވީ ޤަވާއިދާ ޚިލާފުވާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކުރާއިރު، އެމީހުންނާ ގުޅިފައިވާ މޫތައް ހޯދަން ޖެހޭނެ ކަމަށެވެ. އަދި އެމީހުންނާ ގުޅިފައިހުރީ ކޮން ކޮން ދިވެހިންނެއްތޯ ބަލާ ފުރިހަމަ ތަޙްޤީޤެއް ހިންގަން ޖެހޭ ކަމަށާއި މިހާރު އެފުރުސަތު ގެއްލިފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. ތަޙްޤީޤަކާ ނުލާ މި ދެބިދޭސީން ޑީޕޯޓްކޮށްލުމުން ވަރަށް ގިނަ ފަރާތްތަކުން އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގަިއވެސް ވާހަކަ ދެއްކިއެވެ. އިމިގްރޭޝަނުން ފަހުން ބުނެފައިވަނީ އެމީހުންނާ ބެހޭ ތަޙްޤީޤެއް ފުލުހުންނާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަބޫބަކުރު
"ދިމަލެއްނުވޭ".... މިއީ ކުށްގޮތެއް. ރަނގަޅު ގޮތަކީ، ދިމައެއްނުވޭ.
REPLY
ދެ ބިދޭސީން ޑީޕޯޓްކުރި މައްސަލައިގައި ދައްކާވާހަކަ ދިމަލެއްނުވޭ: މެމްބަރު އުޝާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ