މައްސަލަ ހައްލުވަންދެން ކޮންމެ ދުވަހަކު ކަރަންޓް ކަނޑާނެ: ސްޓެލްކޯ

ކަމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓް އުފެއްދުމުގައި އެ ކުންފުންޏަށް މައްސަލައެއް ދިމާވެފައިވާ ކަމަށާއި މައްސަލަ ހައްލުވަންދެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެ ކަމަށެވެ.
އާންމު ހާލަތަކަށް ގެނެވެންދެން މިއަދު ހެނދުނުން ފެށިގެން މެންދުރުފަހު 3:00 ޖެހުމާއި ހަމައަށް ކަރަންޓް ކެނޑޭނެ ކަމުގައިވެސް ބަޔާނުގައިވެ އެވެ. އަދި ކަރަންޓު ކެނޑޭ ސަރަހައްދުތަކުގެ މައުލޫމާތު އެކުންފުނީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ސްޓެލްކޯ އިން އިތުރަށް ބުނީ ކަރަންޓުގެ މައްސަލަ ހައްލުވަންދެން ކޮންމެ ދުވަހަކުވެސް މާލޭގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑޭނެ ކަމަށާއި ކަރަންޓް ކެނޑޭނެ ގަނޑިތައް ކޮންމެ ދުވަހަކުވެސް އެ ކުންފުނީގެ ވެބްސައިޓަށް އަޕްޑޭޓް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ