ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އޮމާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
އެމަނިކުފާނު އޮމާނަށް ފުރާވަޑައިގަތީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
މައުމޫން އޮމާނަށް ކުރެއްވި ދަތުރުފުޅުގައި އޮމާންގެ ރަސްގެފާނަށް ވަނީ ރައީސް ޔާމީންގެ ސިޓީފުޅެއް އަރުވާފަ އެވެ.
އޮމާނަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން މައުމޫން ވިދާޅުވީ އޮމާންގެ އިންވެސްޓަރުން ރާއްޖެ ގެނައުމަށާއި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާބެހޭ މައުލޫމާތު އެގައުމުގެ އިސްވެރިންނާ ހިއްސާކޮށްފައިވާކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
އޮމާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މައުމޫން މާލެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ