މެދު ރާއްޖެ ތެރޭގެ މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި

މެދު ރާއްޖެ ތެރޭގެ މޫސުން ގޯސްވެ، އާދައާ ހިލަފް ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭތީ އެސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މެދު ރާއްޖެ ތެރޭގެ މޫސުން ގޯސްވެ، އާދައާ ހިލަފް ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭތީ އެސަރަހައްދުތަކަށް ވައިޓް އެލާޓު ނެރިފައި ވަނީ މިއަދު މެންދުރު 12:15 އިން އިރުއޮއްސި 6:15 ހައަށެވެ. އަދި މީގެ އިތުރުން ތ. އަތޮޅާއި ލ. އަތޮޅަށް ވައިޓް އެލާޓެއް ނެރިފައިވާ ކަމަށާއި އެ ދެ އަތޮޅަށް ވައިޓް އެލާޓް ނެރުނީ ބޯކޮށް ވިއްސާރަ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، ތ. އަތޮޅާއި ލ. އަތޮޅަށް ވައިޓް އެލާޓް ނެރުނީ މިއަދު 11:15 ގައި ކަމަށާއި އަދި އެލާޓް ހަމަވާނީ ހަވީރު 5:15 ގައި ަކަމށެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތައް ބަލާއިރު، މެދުތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، ވައިޖެހޭނީ އިރު އުތުރާއި އިރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލާށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ރ އަތޮޅުން ފެށިގެން ލ އަތޮޅާ ދެމެދުގެ ސަރަޙައްދު ތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ