ރިޔާސީ އިންތިހާބު 2008: މައުމޫނަށް ކެމްޕޭން ކުރުމަށް މީދޫގައި ތިން އޮފީހެއް ހުޅުވައިފި

މި މަހުގެ 28 ވަނަ ދުވަހު ބައްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމަށް ކެމްޕޭން ކުރުމަށްޓަކައި ޑީއާރްޕީގެ ފަރާތުން އޮފީހަކާއި ޕީއޭގެ ފަރާތުން ސ. މީދޫގައި ދެ އޮފީހެއް ހުޅުވައިފި އެވެ.
މީދޫ އަމިއްލަ ފަރާތަކުން އިސްނަގައިގެން ހުޅުވައިފައިވާ މިއޮފީސްތައް އިއްޔެ ރަސްމީކޮށް ހުޅުވައި ކެމްޕޭން ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށް ގެންދަން ވަނީ ފަށައިފަ އެވެ.
މީދޫގައި އިއްޔެ ހުޅުވި ކެމްޕޭން ތިން އޮފީހުގެ ތެރެއިން ޕީއޭ އިން ހުޅުވި އެއް އޮފީހަކީ އެރަށުގެ އަންހެނުން ކެމްޕޭން ކުރުމަށްޓަކައި ހުޅުވި އޮފީހެއް ކަމަށް ޑީއާރްޕީ އާ އެކު ކޯލިޝަން ހަދައިފައިވާ ޕީއޭ އިން މީދޫގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ޖުނެއިދު ބުންޏެވެ.
ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ދިއުމާ ގުޅިގެން، ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް މިއަތޮޅުގެ ރަށްރަށުގައި އޮފީސްތައް ހުޅުވައި، ކެމްޕޭނު ހަރަކާތްތައް ވަރަށް ފޯރިއާ އެކު އަންނަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ