ގާސިމްގެ ހުކުމާމެދު ރައީސް މައުމޫނު ކަންބޮޑުވުން ފާޅުކުރައްވައިފި

ބުރާސްފަތި ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އޭނާގެ ޣައިރު ހާޒިރުގައި އިއްވި ހުކުމާމެދު ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް މައުމޫނު ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުވާ ލިބޭ ކޮންމެ މީހަކަށްމެ އެ މީހެއްގެ ދިފާއުގައި ކޯޓަށް ހާޒިރުވެ ބަސްބުނުމެ ހައްގު ގާނޫނު އަސާސީން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އަދި އެ ހައްގުން ގާސިމް އިބްރާހިމަށް ލިބިފައި ނުވާތީ އެ މަނިކުފާނު ވަނީ ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
Concerned by denial of @qasimibrahim 's constitutional rights. Every defendant has the right to be tried in his presence in open court 1/2
ރައީސް މައުމޫނު ވިދާޅުވީ، އެ ހައްގަކީ، ގާނޫނު އަސާސީގެ 42 އަދި 51 ވަނަ މާއްދާގެ ދަށުން ހަމަ ކޮންމެ ރައްޔިތަކަސްމެ ލިބިދީފައިވާ އަސާސީ ހައްގެއްކަމަށެވެ.
These fundamental rights are guaranteed for every individual in sections 42 and 51 of our Constitution. 2/2
 
ރައީސް މައުމޫނު މި ޓްވީޓް ކުރައްވާފައި މިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާލާސްކަންފުޅާ އޮންނަވަނިކޮށް ޣައިރު ހާޒިރުގައި އެމަނިކުފާނުގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
މިހުކުމާއެކު ޤާސިމް އިބްރާހީމް ފުރުއްވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިގެންދާނެއެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނާ ގޮތުން ޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަން ޖެހިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭއެވެ.
 
އާލާސްކަންފުޅާ އޮންނަވަނިކޮށް ގާސިމްގެ ޣައިރު ހާޒިރުގައި އިއްވި ހުކުމަކީ ގާނޫނުއަސާސީއާއި ޚިލާފް ހުކުމަކަށްވާތީ އެ ހުކުމާއިމެދު ވަކީލުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
 
 
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ