ހިތަދޫ ނޫރާނީ ސްކޫލް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލު ކުރަނީ

އަރަބި މީޑިއަމަށް ކިޔަވައި ދެމުން އަންނަ އައްޑޫ ހިތަދޫ ނޫރާނީ ސްކޫލް މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަނޭޝަނަލް ސްކޫލެއްގެ ގޮތުގައި ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުނާލެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ. ބީލަން ފޮތް ވިއްކަން ހަމަޖެހިފައި ވަނީ 250ރ. އަށް އަންނަ މަހުގެ 1-5 އަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ޕްރީ ބިޑް މީޓިން އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.
ހިތަދޫ ނޫރާނީ ސްކޫލަކީ ގްރޭޑް 1-7 އަށް ކިޔަވައި ދެމުން އަންނަ އައްޑޫގެ އެންމެ ދުވަސްވީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. މި ސްކޫލްގައި އަރަބި މީޑިއަމް ތައާރަފު ކުރީ 2015 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ