ކޯޓުން ބޭރުގައި ކުޑަ ކުއްޖަކު ކައިވެނި ކުރުވި މައްސަލައެއް

ޝަރުއީ ކޯޓުން ބޭރުގައި 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ކައިވެނި ކުރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައެެވެ.
"ވަގުތު"އަށް އެނިފައިވާގޮތުން، މިކަން ހިނގާފައި ވަނީ ރާއްޖޭގެ މެދުތެރޭގެ އަތޮޅުގެ ރަށެއްގައެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެފަދަ މައްސަލައެއްގެ މައުލޫމާތު ލިބިގެން މިހާރު ޖެންޑާ މިނިސްޓްރީން އެކަން ބަލަމުން އަންނަ ކަމަށެވެ.
މިނިސްޓްރީން މިކަމާއި ގުޅޭގޮތުން އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.
އެ އޮފިޝަލް ވިދާޅުވީ، އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން އެ ކުއްޖާގެ އާއިލާއަކީ ހަރުކަށި ފިކުރަށް ތަބާވާ އާއިލާ އެކެވެ.
އިއްޔެގެ ވަގުތެއްގައި މެދު ތެރޭގެ އަތޮޅުގެ ރަށެއްގައި 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މިކަންވެސް ޖެންޑާ މިނިސްޓްރީން ދަނީ ބަލަމުންނެވެ. އަދި އެ ސަރަހައްދު ރަށެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކުވެސް ބަނޑުބޮޑުވި މައްސަލައެއް ދަނީ ބަލަމުންނެވެ.
މި މައްސަލަތަކަކީ ދެ މައްސަލައެއް ކަމެއް ނުވަތަ މިއީ ވަކި ވަކި މައްސަލަތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ