ފީއަލީ އަލިފާނުގެ ހާދިސާ: ފަރުވާދޭތާ މަހެއް ފަހުން، ފިހުނު މީހާ މަރުވެއްޖެ

މިދިޔަ މަހުގެ ކުރީކޮޅު، ފ. ފީއަލީ ޕެޓްރޯލް ޝެޑާއި ބަނދަރުގައި އޮތް ފަސް އުޅަނދެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ، ފަރުވާ ދޭތާ މަހެއްހާ ދުވަސް ފަހުން މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނި ގޮތުގައި، މިދިޔަ މަހު 9ގައި ހިނގި އެ ހާދިސާގައި ފިހުނު މީހާ މަރުވީ، މިދިޔަ ހޯމަ ދުވަހު އެވެ. އަދި ޖެހިގެން އައި ދުވަހު އޭނާގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެއީ ކޮން ގައުމެއްގެ މީހެއް ކަމަށް ފުލުހުން ނުބުނެ އެވެ.
އެނގުން މުހިއްމު - އެނގިފައިވާ ގޮތުގައި، އެންމެ ފުރަތަމަ ރޯވީ، ޕެޓްރޯލް ޝެޑާއި އެތަނުން ތެޔޮ އަޅަން ގާތްކޮށްފައި އޮތް ބީރައްޓެހި ތެޔޮ ދޯންޏެއްގަ އެވެ. ފިހިފައިވަނީ އެ ތެޔޮދޯނީގައި ހުރި ބިދޭސީ މީހާ އެވެ.
އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އެ ރަށު ސިއްހީ މަރުކަޒުގަ އެވެ.
އެ ހާދިސާގައި ފުރަތަމަ ރޯވީ ޕެޓްރޯލް ޝެޑާއި ތެޔޮ ދޯނީގައި ކަމަށް ވިޔަސް، މާ ގިނަ އިރުތަކެއް ނުވެ، އަލިފާންގަނޑު ފެތުރި، ބަނދަރުގައި އަޅާފައި އޮތް އިތުރު އުޅަނދުތަކެއް ވަނީ ރޯވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ