އީރާނުން ފޮނުވި 14 ނުކުތާގެ ހުށަހެޅުން މިދަނީ ދިރާސާކުރަމުން: ޓްރަމްޕް

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށްޓަކައި އެ ގައުމުން ފޮނުވާފައިވާ އައު ހުށަހެޅުންތަކެއް ދިރާސާކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
މީގެ ކުރިން އީރާނުން ހުށަހެޅި ބައެއް ކަންތައްތައް ޓްރަމްޕް ގަބޫލުނުކުރި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ވާހަކަތައް ދަނީ ކުރިއަށެވެ. އަދި ތިން ހަފްތާގެ މުއްދަތަށް އިއުލާނުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދެ ފަރާތުންވެސް މިހާތަނަށް ދަނީ އިހުތިރާމް ކުރަމުންނެވެ. މީގެ އިތުރުން ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ ސްޓްރެއިޓް އޮފް ހޯމޫޒް އަލުން ހުޅުވުމަށްޓަކައި ޓްރަމްޕް ވަނީ އައު ރޭވުމެއްވެސް ހުށަހަޅާފައެވެ.
ހޯމޫޒް ކަނޑުއޮޅިން ސަލާމަތްތެރިކަމާއެކު ދަތުރުކުރުމަށްޓަކައި އީރާނަށް ފައިސާ ނުދިނުމަށް އެމެރިކާއިން ވަނީ ބައިނަލްއަގުވާމީ ޝިޕިން ކުންފުނިތަކަށް އިންޒާރު ދީފައެވެ. އީރާނަށް އެއްވެސް ގޮތަކުން ފައިސާ ނުވަތަ ޑިޖިޓަލް އެސެޓް ފަދަ އެއްޗެއް ދީފިނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާއިން ބުނެއެވެ.
ހަމައެއާއެކު، އިސްރާއީލަށް ޖާސޫސް ކޮށްދިން ކަމުގެ ކުށުގައި ދެ މީހަކު މަރާލާފައިވާ ކަމަށް އީރާނުގެ ޖުޑިޝަރީން ވަނީ އިއުލާނުކޮށްފައެވެ. ޔައުގޫބް ކަރީމްޕޫރާއި ނާސިރު ބަކުރުޒާދާ މަރާލީ އިސްރާއީލުގެ މޮސާޑަށް ސިއްރު މައުލޫމާތު ފޯރުކޮށްދިން ކަމުގެ ތުހުމަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ