"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަކް ކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެން އެ ނޫހުން ހަބަރު ގެނެސްދިން ގޮތުން، އެ ހަބަރު ލިޔުނު ނޫސްވެރިޔާ މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުން އަދި ނުސީދާ ގޮތުން ދެއްކުން މަނާކޮށް އަދި އެފަދަ ކަމެއް ކޮށްފިނަމަ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވިދާނެ ކަމަށް އަންގައި، އަމުރެއް ނެރެފަ އެވެ.
އަދަދު ނޫހުން ރޭ އެ ހަބަރު ޝާއިއު ކޮށްފައިވާ ގޮތުން، އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގެ ގޮތުގައި ބަލަން ނިންމައި، އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު މާދަމާ ހެނދުނު ކޯޓަށް ހާޒިރުވާން މިއަދު ވަނީ އަންގައިފަ އެވެ.
ކޯޓުން އެގޮތަށް އިއްޔެ އަމުރު ނެރެފައިވަނީ އެ ޑޮކިއުމެންޓްރީއާ ގުޅިގެން "އަދަދު" ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާކޮށް، އަދި އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން:
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، ނޫސްވެރިއަކު އެކަމާ ގުޅިގެން ސުވާލު ކުރުމުން ރައީސް މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ތަބާވުމަކީ ހުރިހާ ރައްޔިތުންނަށް ލާޒިމް ކަމެއް ކަމަށެވެ.
އަދަދު ނޫހުގެ އެ ޑޮކިއުމެންޓްރީއާ ގުޅިގެން އެ ޕްރެސް ކޮންފަރެންސްގައި ސުވާލު ކުރުމުން އަަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މިއަދު ވަނީ އެ ބައްދަލުވުމުން ވެސް ވަނީ ނެރެފަ އެވެ.
The most trusted news source in the Maldives
ރައީސް ވިދާޅުވީ ރާއްޖެއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ފުޅާކޮށް އޮތް ގައުމެއް ކަމަށެވެ. ނަމަވެސް ހިޔާލު ފާޅުކުރުމުގެ ނަމުގައި އިސްލާމްދީނާ ހިލާފް އަދި ގާނޫނުއަސާސީއާ ހިލާފު ކަންކަމެއް ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
The most trusted news source in the Maldives
ގަޒުފުގެ ތުހުމަތުގައި ފިޔާޒާއި ހަސަން ވެސް ކުރިން ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް، އެ ދެ މީހުން ތަހުގީގު މަރުހަލާގައި ނިންމީ ހަނު ތިބުމަށެވެ. އެއީ މަސްދަރު ހިމާޔަތް ކުރުމަކީ ލިބިދޭ ހައްގެއް ކަމަށްވާތީ ކަމަށް ބުނެ އެވެ.
ކޯޓު އަމުރުގެ ހަބަރު ޝާއިއުކުރި ގޮތުން އަދަދުގެ ނޫސްވެރިއަކު ކޯޓަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ