ބްރޯ ތީތި ކަޑަ! ގަދަކަން ދެއްކޭނީ ވެއްޓެންދެން!

މިހިނގާ އަހަރު ދެކުނު އޭޝިއާގައި އެންމެ ބާރަށް އިވޭ އެއްވާހަކައަކީ ޕްރައިމިނިސްޓަރ މޯޑީ އާއި އެ ގައުމުގައި ބާއްވާ ގިނަ އިންތިހާބުތަކާއި ބީރަށްޓެހި ވާހަކައެވެ. އެކިއެކި ސްޓޭޓް ތަކުން ވެރިކަން ކުރާ ކޯލިޝަނަށް ނާކާމިޔާބު ވާ ވާހަކައެވެ. ލޯކް ޝަބާގައި އިވެނީ ހިންގުމުގެ ނިޒާމްގެ ދޯހަޅި ވާހަކައެވެ. ކުރު ދޮށީގައި މޯޑީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔާއަޑެވެ.
ދިވެހިރާއްޖޭގެ ހަގީގަތްވެސް ފެންނަނީ ވަރަށް ތިމާގެ ގޮތަކަށެވެ. ރިޔާސީ އިންތިހާބުގައި ނެގި ވޯޓަށްވުރެ ރަނަގަޅު ނަތީޖާއެއް މަޖިލިސް އިންތިހާބުގައި ދެއްކިއެވެ. ނަމަވެސް ލޯކަލް ކައުންސިލް ތަފާތު ބޮޑުކޮށް ރާއްޖޭގެ ސަރުކާރު ކޯލިޝަން ނިކަމެތިވި މަންޒަރު ފެނުނެވެ. ވަކިން ހާއްސަ ކޮށް ދައުރުގެ މެދަށް ވާގޮތަށް ނެގުނު ރެފަރެންޑަމުން ސަރުކާރުގެ ސައިޒު ފެނުނެވެ. ކިރިޔަ ކިރިޔާ %30 ހަމަ ވުމަކީ ސަރުކާރުގެ ސިޔާސަތު ތަކަށް ރައްޔިތުން ރަތުން ދިން އިންޒާރެކެވެ. ދުނިޔޭގެ އެންމެ ބާރުވެރި އެއްގައުމުންވެސް ފެންނަމުންދާ ޒާތުގެ މަންޒަރު ތަކެކެވެ. 
ދިވެހިރާއްޖެ އަކީ ސުލްހަވެރިކަން އިހްތިޔާރު ކުރާ ކިޔަމަންތެރި ބަޔަކު ދިރިއުޅޭ ގައުމެކެވެ. މިއަދު ރާއްޖޭގެ ގިނަ ރައްޔިތުންތިބީ ފުދި އުފަލަކުންނޫނެވެ. 2023 ނޮވެމްބަރ 17 ވަނަ ދުވަހުން ފެށިގެން ރައްޔިތުން އުޅެނީ އުޅެން ވީ ގޮތް އޮޅިގެންނެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވީ ވައުދުތަކާއި 2024 ވަނައަހަރު މަޖިލިސްގެ މެޖޯރިޓީ ހޯދަން ދެއްކި ވާހަކަތަކުން ރައްޔިތަކަށް ނުވާނެ އެއްކަމެއްވެސް ނެތެވެ.
މަޖިލިސް އިންތިހާބު ނިމުނު ހިސާބުން ރައްޔިތުންވީ ދޮންދަރިންނަށެވެ. އެތަށް ދުވަހެއްގެ މަސައްކަތުން ބިނާ ކުރި ވިޔަފާރި ހުލިވެއްޖެއެވެ. ބައްޔެއް ވެގެން ޑޮކްޓަރަށް ދެއްކޭނެ ފަދަވެސް ނެތެވެ. ޑޮކްޓަރަށް ހާލުން ކިއުގައިޖެހިގެން މަސްތަކެއް ފަހުން ޑޮކްޓަރަށް ދައްކައިފީމު ބޭހެއް ނުލިބެއެވެ. “ތިޔަ ބޭސް އާސަންދަ ކަވަރ ނުކުރެއެވެ”. “މި ބޭސް ވަނީ މިވަގުތު ރާއްޖޭން ހުސްވެފައެވެ”. ބޭސް ކޮންމެހެން ބޭނުންނަމަ ޖެހެނީ ފައިސާ ދީގެން ބޭސް ގަންނަން ނުވަތަ ބޭރަށް ދަތުރު ކުރާ މީހަކުއަތަށް ބޭސް ސިޓީ ދީފައި ޑޮލަރު ކޮޅެއް ދޭށެވެ. ޑޮލަރެއްގެ އަގު -/20ރ އިން މަތިވެއްޖެއެވެ. 2023 ވަނަ އަހަރުގެ ކުރިން ފަސޭހަ ކަމާއި އެކު ލިބެމުން ދިޔަ ބޭހާއި އިންޖެކްޝަން މިހާރަކު ނުލިބެއެވެ. 
2026 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ދައުލަތް ހިންގަން ތިބި މީހުން ރާއްޖޭގެ ހުރިހާ ކަމެއްވެސް މާނަ ކުރަނީ ރަސްކަންތަކުގައި ކަންކަން މާނަ ކުރާ ގޮތަށެވެ. ނުރުހޭނަމަ ތެޔޮ ހަމެކެވެ. ރުހޭ ނަމަ ސިޓީ އުރައެކެވެ. ރައްޔިތުންތިބީ މިހާލަތުން އަރައިގަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އިހުތިޖާޖަށް ކަމަކާއި ނިކުމެއްޖެ ނަމަ ކޯޓު އަމުރަކުން މަނާ ކުރަނީ އެވެ. ވެރިން އުޅެނީ ހަވާނަފުސަށް ހެއްލި ގެއްލި ގޮސް ހުސް ވެގެންނެވެ.
ރައްޔިތުންގެ ތެރެއިން ގިނަ މީހުން ބުނަނީ "މަރައިފިއެވެ. ކަޑައެވެ." މިތިބީ 2028 ގެ އިންތިޒާރުގައި ކުޅި ދައްކާލަން ތައްޔާރުވެގެން ކަމަށެވެ. ހުދުމުހުތާރު ވެރިން ބައެއް ރައްޔިތުންނަށް އޮޅުވާލައިގެން ވެއްޓެންދެން އުޅެވިދާނެއެވެ. ހުރިހާ ރައްޔިތުން ދުވަސް ކޮޅަކަށް އޮޅުވާލައިގެން ގެންގުޅެވިދާނެއެވެ. އެކަމަކު ހުރިހާ ރައްޔިތުންނަކަށް އަބަދަކު އޮޅުވައެއް ނުލެވޭނެއެވެ. މުޅި ދުނިޔެއިންވެސް ފެންނަނީ އެއް މަންޒަރެކެވެ. އަބަދު އެންމެންނަށް އޮޅުވާލައިގެން ނުގެންގުޅެވޭނެކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ