ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން: ސްޓެލްކޯ

މާލޭގެ ކަރަންޓުގެ ޚިދުމަތް މިއަދު މެދުކެނޑުނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
މުޅި މާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. އަދި ވީހާވެސް އަވަހަކަށް އެންމެހާ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް އަނބުރާ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ