ސައޫދީ ފޮރިން މިނިސްޓްރީން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި އެކުވެރި އީރާނުގެ އަހުންނަށް އިސްރާއިލުން ދިން ހަމަލާ ކުށްވެރިކުރާ ކަމަށް ބުނެފައިވެ އެވެ.
އިސްރާއިލުން އީރާނުގެ މުހިންމު މަރުކަޒުތަކަށް ހަމަލާދީ އަސްކަރިއްޔާގެ އިސްވެރިންތަކެއް އަވަހާރަކޮށްލުމާ ގުޅިގެން ސައޫދީއަރަބިއްޔާއިން އެކަން ކުށްވެރިކޮށްފި އެވެ.
ސައޫދީ ފޮރިން މިނިސްޓްރީން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި އެކުވެރި އީރާނުގެ އަހުންނަށް އިސްރާއިލުން ދިން ހަމަލާ ކުށްވެރިކުރާ ކަމަށް ބުނެފައިވެ އެވެ. އަދި މި ހަމަލާއަކީ އެ ގައުމުގެ މިނިވަން ކަމަށް ދިން ހަމަލާއެއް ކަމަށާ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުކަމެއް ކަަމަށް ބުނެފައިވެ އެވެ.
އިސްރާއިލުން އީރާނުގެ ނިއުކްލިއަ މަރުކަޒުތަކާއި ބައެއް އެހެން ތަންތަނަށް ދިން ހަމަލާތަކުގައި އީރާން އަސްކަރިއްޔާގެ އެންމެ އިސް ވެރިޔާ މުހައްމަދު ބަގޭރީ އާއި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ޗީފް ހުސައިން ސަލާމީ ވެސް އަވަހާރަކޮށްލާފައިވެ އެވެ. މީގެ އިތުރުން ތިން ނިއުކްލިއަ ސައިންޓިސްޓުންވެސް އަވަހާރަވެފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އިސްރާއިލުގެ ހަމަލާތައް ސައޫދީން ކުއްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ