މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނާއި މެންދުރުފަހުގެ ވަގުތުތަކުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓު ކެނޑިދާނެ ކަމަށް ލަފާ ކުރެވެނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަތީ ކަމަށެވެ. އެގޮތުން މާލޭގެ، ދަނބުރުއް މަގު، އަނޯނާ ގޯޅި އަދި ކުދިމާ ގޯޅި ހިމެނޭ ސަރަޙައްދުން މިއަދު ހެނދުނު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިއަދު ހެނދުނު 9:30 އާއި 11:30 އާ ދެމެދު އެ ސަރަަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ މިއަދު މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު މާލޭގެ ބޮޑުރަސްގެފާނު މަގު އަދި ބޮޑުރަސްގެފާނު މަގު ހަނި ގޯޅި ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
މާލޭގެ ބައެއް ގެތަކުން މިއަދު ކަރަންޓު ކެނޑިދާނެ، ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ