ޤުރްއާނުގަވާ އެއްޗެއް އެނގުމުގެ ފުރުޞަތު މިހާރު އެބައޮތް! ނޭނގޭކަމަށް ބުނެ ދެއްކޭނެ ބަހަނާއެއް ނެތް!: މުފްތީ މެންކް

ކީރިތި ޤުރްއާނަށް އިޙްތިޜާމްކުރާ މީހުންނާއި ކިޔަވާ މީހުން ވަރަށް ގިނައެވެ. ސުވާލަކީ އެވަރުން ފުއްދައިލެވޭނެ ހެއްޔެވެ؟ ވީމާ ތަންކޮޅެއް ބޮޑަށް ވިސްނައިލަމާ ހިނގާށެވެ!
ކީރިތި ޤްރުއާން ބާވައިލެއްވެވީ ޢަރަބި ބަހުން ކަމަށްވެފައި ތިމާއަށް ޢަރަބިބަސް ނުއެނގޭތީ މާނަ ނުއެނގޭ ކަމަށް ބުނެވޭނެ އެއްވެސް ފުރުޞަތެއް މިއަދަކު ނެތެވެ. ކީރިތި ޤްރުއާން ތަރުޖަމާ ކުރެވިފައިނުވާ ބަހެއް ނެތްކަމަށް ބުނެވޭހައި ގިނަ ބަސްތަކަށް މިހާރު ކީރިތި ޤްރުއާން ވަނީ ތަރުޖަމާ ކޮށްފައެވެ. ވީމާ މާނަ ނުއެނގޭ ކަމަށް ބުނެ ދެއްކޭނެ އެއްވެސް ބަހަނާއެއް މިހާރަކު ނެތެވެ.
ކީރިތި ޤްރުއާނުގައި ވަނީ ހަމަ އެކަނި ވާހަކަތަކެއް ކަމަށް ހީނުކުރާށެވެ! ކީރިތި ޤްރުއާނުގެ މަތިވެރިކަން އެއަށްވުރެ މާބޮޑެވެ. ކީރިތި ޤްރުއާނުގައި ވަނީ ﷲ ތަޢާލާގެ އެންގެވުންތަކެވެ. އަމުރުފުޅުތަކެވެ. އެކަންކަމަށް ނުވިސްނައި ވާހަކަފޮތެއް ކިޔައިލާ އުޞޫލުން ކީރިތި ޤްރުއާން ކިޔަވައިލުމަކުން އަދި ނުފުދޭނެއެވެ. މާނަ އެނގެން ޖެހޭނެއެވެ.
ކީރިތި ޤްރުއާނުގައިވާ ﷲ ތައާލާގެ އަމުރުފުޅުތައް އެނގޭނަމަ ހިތަށް ބިރުވެރިކަން އިޙްޞާޞްކުރެވޭ މިންވަރު އެތައް ގުނައަކަށް އިތުރުވާނެއެވެ. އެހެން މީހަކު މާނަ ކިޔައި ދިނުމުން ހިތަށް ކުރާ އަސަރަށްވުރެ ތިމާ އަމިއްލައަށް އުނގެނުމުން ކުރާ އަސަރު އެތައް ގުނައެއް ބޮޑުވާނެއެވެ.
ތިބާ މަރުވީ އުމުރުން 40- 50- 60- 70 -80 އަހަރުވީ ފަހުންނެވެ. އުމުރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ތިބާ ޤްރުއާން ކިޔެވިއެވެ. ނަމަވެސް މާނައެއް ނުއެނގެއެވެ. ﷲ ތަޢަލާގެ އެންގެވުންތަކެއް ނުއެނގެއެވެ. މާދަމާ މަރުވެ ކައްވަޅަށް ތިރިކުރެވުމުން ކުރެވޭ ސުވާލުތަކަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އާޚިރަތް ދުވަހު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ދަންނަވާނީ ކީކޭ ހެއްޔެވެ؟
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ