އަންދާޒާ ކުރެވޭ ގޮތުގައި މި އަހަރު ޓޫރިޒަމަށް ލިބިފައިވަނީ ދެ ބިލިއަން ޑޮލަރުގެ އާމްދަނީ އެކެވެ. މިއީ މިދިޔަ އަހަރާ އަޅާ ކިޔާނަމަ 500 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު އިތުރުވިޔަސް ޓޫރިޒަމްގެ އެހެން ނަމްބަރުތައް ދަށްވެފައި ހުރިކަމަށް ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ މައުލޫމާތުތައް ދައްކާ ގޮތުގައި މާރިޗު މަހުގެ ނިޔަލަށް ރާއްޖެއަށް 632,422 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 523,928 މީހުންނާ އަޅާ ބަލާއިރު 4.7 ޕަސެންޓުގެ އިތުރުވުމެކެވެ.
ޓޫރިސްޓުންގެ ނަމްބަރު މަތިވި ނަމަވެސް ޓޫރިޒަމާ ގުޅުންހުރި އެހެނިހެން ހިސާބުތައް ދަށްވެފައިވާ ކަމަށް ދައްކަ އެވެ. މިގޮތުން މި އަހަރު ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވަނީ 3,985,392 ރެ އެވެ. މިއީ މިދިޔަ އަހަރު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި 4,085,244 ރެއާ އަޅާބަލާއިރު 2.4 ޕަސެންޓުގެ ދަށްވުމެވެ. މި އަަދަދު ބަލާނަމަ މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރެވެ. މި އަދަދުން ބަލާނަމަ މިއީ މިދިޔަ އަހަރު ލިބުނު 2.5 ބިލިއަން ޑޮލަރުގެ އާމްދަނީއާ އަޅާބަލާއިރު 500 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
މި ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަން ފުރޭ މިންވަރު ނުވަތަ އޮކިއުޕެންސީ ހުރީ މި އަހަރު ހުރީ 71.7 ޕަސެންޓުގަ އެވެ. މިދިޔަ އަހަރުގެ އޮކިއުޕެންސީއަކީ 73.4 ޕަސެންޓެވެ. އެހެންވެ މިއީ 1.4 ޕަސެންޓުގެ ދަށްވުމެކެވެ. މީގެ އިތުރުން އެވްރެޖު ސްޓޭ ނުވަތަ ޓޫރިސްޓުން ތިބި ދުވަހުގެ އަދަދު ވެސް ވަނީ ދަަށްވެފަ އެވެ. މި އަހަރުގެ އެވްރެޖު ސްޓޭހުރީ 6.8 ދުވަހުގަ އެވެ. ނަމަވެސް މިދިޔަ އަހަރު އެވްރެޖު ސްޓޭ 7.9 ދުވަހުގައި ހުރިކަމަށް ދައްކަ އެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 823,658 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 766,690 ޓޫރިސްޓުންނާ އަޅާބަލާއިރު 7.4 ޕަސެންޓުގެ އިތުރުވުމެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މާރިޗުގެ ނިޔަލަށް ޓޫރިސްޓުންގެ ބޯ އިތުރު، އެހެން ނަމްބަރުތައް ދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ