މިނިސްޓަރު ޝަހީމް ވިދާޅުވިގޮތުގައި މި މަހުގެ ފަހުކޮޅު ވެސް ދާއިމީ ތިން ބުރީގެ މިސްކިތެއް ހިޔާ ޓަވަރުތައް ކައިރީ ހުޅުވާނެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަހަރުގެ ތެރޭގައި ދާއިމީ މިސްކިތްތައް ހުޅުވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭނުން ކުރަމުން ދަނީ ވަގުތީ މިސްކިތްތަކެވެ. ނަމަވެސް ވަގުތީ މިސްކިތްތައް މިއަހަރު އުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.މިނިސްޓަރު ޝަހީމް ވިދާޅުވިގޮތުގައި މި މަހުގެ ފަހުކޮޅު ވެސް ދާއިމީ ތިން ބުރީގެ މިސްކިތެއް ހިޔާ ޓަވަރުތައް ކައިރީ ހުޅުވާނެ އެވެ."އަމާޒަކީ މިއަހަރުގެ ނިޔަލަށް ވަގުތީ ހުރިހައި މިސްކިތްތައް ނިމުމަކަށް ގެނައުން،" މިނިސްޓަރު ވިދާޅުވި އެވެ.ހިޔާ އަވަށުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާއިރު، މިސްކިތުގެ ޖާގައިގެ ދަތިކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. ވަގުތީ މިސްކިތްތަކުގައި މަގުމަތީގައި ވެސް ގިނަ ބަޔަކު ނަމާދު ކުރެ އެވެ. މިކަންކަމަށް މިއަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.އެ އަވަށުގައި ހުންނަނީ ދާއިމީ އެންމެ މިސްކިތެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަމާޒަކީ ހުޅުމާލޭ 2 ގައި ހުރި ވަގުތީ މިސްކިތްތައް މިއަހަރު ނިމުމަކަށް ގެނައުން: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ