މެޑިކަލް ޓޫރިޒަމަށް ހޮސްޕިޓަލް އެޅުމަށް ޕްރޮޕޯސަލްތައް ދަނީ ލިބެމުން: ނާޒިމް
މެޑިކަލް ޓޫރިޒަމަށް ހާއްސަ ހޮސްޕިޓަލް އެޅުމުގެ ޕްރޮޕޯސަލްތައް ލިބެމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލަގްޒަރީ ފެންވަރުގެ ހިދުމަތްދޭ ގައުމަކަށްވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި މެޑިކަލް ޓުއަރިޒަމް ހިމެނުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ."ރިސޯޓެއްގައި ހޮސްޕިޓަލަކާއި ޓްރީޓްމަންޓްގެ އިތުރުން އެތަނުގައި މީހުން ތަމްރީނު ކުރެވޭނެ ކޮލެޖަކާއެކޮށްވެސް ބައެއް ބޭފުޅުން ޕްރޮޕޯސަލް ހުށަހަޅުއްވާ،" މިނިސްޓަރު ވިދާޅުވި އެވެ.މިނިސްޓަރު ނާޒިމް ވަނީ މިފަދަ ކަންކަމާ ގުޅޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށައަޅައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޑައިވަސިފައި ކުރާއިރު މެޑިކަލް ޓޫރިޒަމް ފުޅާވެގެންދާ ތަން ދެކެން ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ