އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ތައާމް އައްޔަނުކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް އިބްރާހިމް ޠަޢާމު މުޙައްމަދު އައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނީ، އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ޠައާމް އައްޔަނު ކުރީ މިއަދު ކަމަށެވެ. https://x.com/pcb_gov/status/1912026301726433551?s=52 މީގެ ކުރިން އޭނާ ހުންނެވީ މި ސަރުކާރުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ޠައާމް އެޗްޑީސީގެ ބޯޑަށް އައްޔަންކުރީ، ބޯޑުގައި މީގެ ކުރިން ހިމެނިވަޑައިގެންނެވި މުޙައްމަދު ވަހީދު މި މަހުގެ ހަ ވަނަ ދުވަހު މަގާމުން ވަކިކުރުމަށް ފަހުގައެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް އެޗްޑީސީން ހާމަކޮށްފައިނުވެއެވެ. އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބަވަނީ 10 މެންބަރުންނެވެ. ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ބިންވެރިޔާ ސްކީމްގެ ދަށުން، ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ކުންފުނީގެ ޗެއާމަން ފިޔަވައި ބޯޑުގެ ހުރިހާ މެންބަރުން މިދިޔަ ޑިސެމްބަރު މަހުގެ 19ގައި ސަސްޕެންޑުކުރިއެވެ. ނަމަވެސް އެ މަހުގެ 24ގައި އެ ސަސްޕެންޝަން ވަނީ އުވާލައިފައެވެ. އެ މައްސަލައިގައި އިތުރު މީހުން ވެސް ސަސްޕެންޑުކުރިއިރު، ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ