މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ވިލިމާލެ ވިޔަފާރިވެރިންނަށް މައުލޫމާތުދީފި ސަރުކާރުގެ މަސައްކަތުގެ ނިޒާމުގެ ތަރައްޤީއަށް ޔޫއޭއީގެ އެހީތެރިކަން ހޯދުމާއި ގުޅޭ އެއްބަސްވުން އާކުރައްވައިފި ޤަޟާޢީ އަހަރު 2025″ އިފްތިތާޙްކޮށްފި ގަވާއިދާ ހި

ސައްޙަނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި- ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި ހޯދަން އިއުލާން ކޮށްފައިވަނީ ޅ. ނައިފަރު (27އ) އަނޫފް ޢަބްދުލްޣަނީ އެވެ.
މި މީހާގެ މައުލޫމާތު އާންމުކޮށްފައިވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުންގެ މީޑިއާއިން މައުލޫމާތު ދެއްވައެވެ.
ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.
ފުލުހުންގެ މީޑިއާގައި އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މިމީހާ ހޯދަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށެވެ. އަދި ހާޒިރުވާން ޖެހޭ ތަނަކީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް، 2025 ފެބްރުވަރީ 18 ވަނަ ދުވަހުގެ 16:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ކަމަށް ވަނީ ބުނެފައެވެ.
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ