ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންގެ ހިދުމަތް ބަލައިގަތުމަށް ދޭ އެވޯޑް، ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025އަށް 450އަށް ވުރެ މީހުންގެ ނަން ހުށަހަޅާފައިވާ ކަމަށް ހޮޓެލިއާ މޯލްޑިވްސް އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހު 1ގަ އެވެ. އެ ފުރުސަތު މި މަހު 10އަށް ހަމަވެފައި ވާއިރު، އެ މުއްދަތުގެ ތެރޭގައި 450އަށް ވުރެ ގިނަ މީހުންގެ ހުށަހެޅުން ލިބިފައިވާ ކަމަށް ހޮޓެލިއާ މޯލްޑިވްސް އިން ބުންޏެވެ.
ތަފްސީލް - ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަގުބޫލު ހޮސްޕިޓަލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސް އިން މި އެވޯޑް ދޭން ފެށީ މިދިޔަ އަހަރު އެވެ. އެ ފަހަރު:
300އަށް ވުރެ ގިނަ މީހުންގެ ހުށަހެޅުން ލިބުނު
އާންމުންގެ ވޯޓަށް ހުޅުވާލުމުން 100،00އަށް ވުރެ ގިނަ ވޯޓު ލިބިފައިވޭ
މިދިޔަ އަހަރު ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ކޮށްދިން ހިދުމަތްތަކުގެ އަގު ވަޒަންކުރުމަށް މި އަހަރު ދޭ އެވޯޑުގައި އަލަށް އިތުރު ހަތަރު ކެޓަގަރީ ހިމަނާފައިވެ އެވެ. އެއީ:
ވޯޓަސްޕޯޓްސް ޕާސަނަލިޓީ އޮފް ދަ އިޔާ
ޑައިވިން ޕާސަނަލިޓީ އޮފް ދަ އިޔާ
އެއާޕޯޓް ރެޕްރެޒެންޓެޓިވް އޮފް ދަ އިޔާ
ރިސޯޓް މެނޭޖަރު އޮފް ދަ އިޔާ
މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ނިމުނުއިރު، އެ ހުށަހެޅުންތައް މިނިވަން ފަނޑިޔާރުންގެ ޕެނަލަކަށް ހުށަހަޅާނެ އެވެ. އެގޮތުން، އެ މަސައްކަތް މި މަހު 20 އިން އަންނަ މަހު 10އާ ހަމައަށް ކުރިއަށްދާނެ އެވެ. އެއަށް ފަހު:
އާންމުންގެ ވޯޓުލުން އަންނަ މަހު 20 އިން 20 އޭޕްރީލްއާ ދެމެދު ކުރިއަށްދާނެ
އެވޯޑު ލިބޭ ފަރާތްތައް ހޮވާނީ ފަނޑިޔާރުންގެ މާކްސްގެ %60 އާއި ވޯޓުގެ %40 ހިމެނޭ ގޮތަށް
ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ބާވަތްތައް އެތެރެކޮށް ވިއްކާ ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓަލް ސްޕޮންސަރުގެ ދަށުން ގެނެސްދޭ މި އެވޯޑު ދޭނީ އަންނަ މޭ މަހު ބާއްވާ ހަފްލާއެއްގަ އެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްއަށް 450އަށް ވުރެ ގިނަ ހުށަހެޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ