ތިމާވެށި ހިމާޔަތްކުރަން ފަރުދީ ޒިންމާ އުފުލައި އެންމެން އެކުގައި މަސަައްކަތްކުރަން ޖެހޭ: ސިޔާމް

ތިމާވެށި ހިމާޔަތްކުރުމުގައި ގައުމީ ފެންވަރުގައި އަޅާ ފިޔަވަޅުތަކަށް އެކަނި ބާރޯސާނުވެ ފަރުދީ ޒިންމާ އުފުލުން މުހިންމު ކަމަށް ވިދާޅުވެ، ތިމާވެއްޓަށް ގެއްލުންވާ ފަދަ ކަންކަން ކުރުން ވަގުތުން ހުއްޓާލުމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު އިލްތިމާސްކުރައްވައިފިއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ސިޔާމް ވިދާޅުވީ، މިއަދު ވަށައިގެންވާ މާހައުލުން ދަސްކުރަން ޖެހޭ އަގުހުރި ފިލާވަޅުތަކެއް ފެންނަން އެބަހުރި ކަމަށެވެ. އެ ގޮތުން، ތިމާވެއްޓަކީ ދުޅަހެޔޮ ސިއްހަތާއި ފާގަތި ދިރިއުޅުމުގެ އަސާސް ކަމަށްވާއިރު، އެއާމެދު އެއްވެސް ވަރަކަށް އިހުމާލު ވެވެން ނެތްކަން ގަބޫލުކުރަން ޖެހޭކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ތިމާވެއްޓާމެދު އިހުމާލުވެވިފައިވާކަމުގެ ނޭދެވޭ ނަތީޖާތައް ފެންނަން ފަށާފައިވާކަން އެ ކަމާ މެދު ވިސްނާ ބަޔަކަށް އެނގޭނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަޅުގަނޑުގެ އިޚުލާސްތެރި އިލްތިމާސަކީ ތިމާވެށި ހިމާޔަތްކުރުމަށް ގައުމީ ފެންވަރުގައި އެޅޭ ފިޔަވަޅުތަކަށް އެކަނި ބަރޯސާނުވެ، ފަރުދީ ޒިންމާ އުފުލުގައި އެންމެން އެކުގައި މި ކަމަށް މަސައްކަތްކުރުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވިސްނާލުމެއް ނެތި އިންސާނުން ކުރާ އަމަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ލިބިފައިވާ އިލްމުގެ އަލީގައި ހާމަކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. މި ގޮތުން، މޫދަށް ކުނި އެޅުމާއި ކުނިއެންދުމާއި ގޮނޑުދޮށްތަކުން ވެއްޔާއި އަކިރި ނެގުމާއި ހޭޅިފަޅުން ގަސްރުއް ކެނޑުމުން ރާއްޖޭގެ ފަރުތައް ހަލާކުވެ، ދިރުންހުރި މުހިންމު އެތައް ބައިތަކެއް ގެއްލިގެންގޮސްފައިވާކަން ސިޔާމް ފާހަގަކުރެއްވިއެވެ. ސިޔާމް ވަނީ، ކުނި ނައްތާލުމުގައި ރައްކާތެރި ގޮތްތައް ޚިޔާރު ކުރުމަށާއި މޫދަށް ކުނި ނޭޅުމަށާއި ހޭޅިތަކާއި ގޮނޑުދޮށްތަކަކަށް ގެއްލުންވާ ފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަނީ ތިމާވެށި ހިމާޔަތްކޮށް، އެ ކަންކަމާ ގުޅޭ ގޮތުން މީހުން ހޭލުންތެރި ކުރުވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ