ސީއެސްސީގެ ނައިބް ރައީސް އިސްތިއުފާ ދެއްވައިފި

އިބްރާހިމް ރަޝީދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށް، ތަޅުމަށްވެސް ފޮނުވާފައި ވަނިކޮށެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް، އިބްރާހިމް ރަޝީދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އިބްރާހިމް ރަޝީދު އެ ކޮމިޝަނަށް ކޮށްދިން ހިދުމަތް ފާހަގަކޮށް، ސީއެސްސީ އިން މިއަދު ވަނީ ޝުކުރު އަދާކޮށް އެކްސް ގައި ޕޯސްޓެއް ކޮށްފަ އެވެ.އިބްރާހިމް ރަޝީދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށް، ތަޅުމަށްވެސް ފޮނުވާފައި ވަނިކޮށެވެ. އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ. އޭނާ ވަކިކުރަން ނިންމި ކޮމެޓީ އަޑުއެހުމުން ކުރިއަށް ގެންގޮސްފައި ވަނީ މައިކު ކަނޑާލައިގެންނެވެ. ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވި އެއް މެންބަރަކު ފިޔަވައި ދެން ތިބި މެންބަރުން ވޯޓު ދީފައި ވަނީ އޭނާ ވަކިކުރަން ތަޅުމަށް ފޮނުވަން ފެންނަ ކަމަށެވެ.އިބްރާހިމް ރަޝީދު ސީއެސްސީއަށް އައްޔަން ކޮށްފައިވަނީ 2020 ވަނަ އަހަރު ސެޕްޓެމްބަރު މަސް ތެރޭގަ އެވެ.މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރުމާމެދު ގޮތެއް ނިންމޭނީ ކޮމިޓީން އެ މަސައްކަތް ފެށިކަމަށް ފާސްކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުންނެވެ. އެއަށްފަހު ރިޔާސަތުން އެ މަސައްކަތް ތަޅުމުގައި އިއުލަންކޮށް، އެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ