ރައްކާތެރިނޫން މަގުބައްތިތަކަށް ކަރަންޓު ދިނުން ހުއްޓާލަނީ

ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފަށް އާތު ލީކޭޖް ސާކިއުޓް ބްރޭކާ (އީއެލްސީބީ) ހަރުނުކުރާ ބަގުބައްތިތަކަށް މި މަހަށްފަހު ކަރަންޓު ދިނުން ހުއްޓާލަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.ދާދި ފަހުން ރ. އުނގޫފާރުގައި ހުރި މަގުބައްތިއަކުން ކަރަންޓުގައި ޖެހިގެން ޒުވާނަކު މަރުވި ހާދިސާއާ ގުޅިގެން ރަށްރަށުގެ މަގުބައްތިތަކުގެ ހާލަތު ވަޒަން ކުރުނަށް ފެނަކަ އިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނަށް ފަހު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ބެލިބެލުމުން ރަށްރަށުގައި ހުރު މަގު ބައްތިތަކަށް ކަރަންޓް ދީފައި ވަނީ އެންމެ ރައްކާތެރިކޮށް ނޫންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ."މި އިންސްޕެކްޝަނުން ގިނަ ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އީއެލްސީބީ މެދުވެރި ނުކޮށްކަން ވަނީ ފާހަގަ ކުރެވިފައި،" ފެނަކަ އިން ބުންޏެވެ.މިންގަނޑާ އެއްގޮތަށް ކައުންސިލުތަކުން މަގުބައްތިތައް ރަނގަޅު ކުރޭތޯ ފެނަކައިގެ ބްރާންޗުތަކުން މޮނިޓާ ކުރަމުންދާނެ ކަމަށް ފެނަކައިން ބުނެ އެވެ.ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމަށް ހާއްސަ އިސްކަމެއް ދީ، ރައްކާތެރި އަދި ރައްޔިތުން ބަލައިގަންނާނެ ފަދަ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ފެނަކައިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ