ފުލެޓް ލިބިފައިވާކަމަށް ބުނެ މަކަރާއި ހީލަތުން މިއަދު އެކަނި ވެސް 500،000 ރުފިޔާ ނަގައިފި!

ފުލެޓް ލިބިފައިވާކަމަށް ބުނެ މަކަރާއި ހީލަތުން މިއަދު އެކަނި ވެސް 500،000 ރުފިޔާ ބަޔަކު ހޯދައިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ މި ފައިސާ ހޯދާފައިވަނީ ފުލެޓް ލިބިފައިވާކަމަށް ބުނެ އޯޓީޕީ ހޯދައިގެން ކަމަށެވެ.
ފުލުހުން ވަނީ ބުރަ މަސައްކަތުން ހޯދާ ފައިސާ އަށް ރައްކާތެރިވެ، މިފަދަ ހީލަތްތެރިންގެ ޝިކާރައަކަށް ނުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ފުލެޓް ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީ ނުފޮނުވާނެ ކަމަށް ވެސް ފުލުހުން ކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ.
Advertisement
މަކަރާއި އޮޅުވާލައިން ފައިސާ ހޯދުމުގެ މައްސަލަ ތަކަކީ މިހާރު ރާއްޖޭގައި ވަރަށް އާންމު ވެފައިވާ މައްސަލަތަކެކެވެ. މި ކަމަާއި ގުޅިގެން ފުލުހުންގެ އިތުރުންވެސް ބޭންކުންނާއި ކަމާ ބެހޭ އިދާރާ ތަކުން ދަނީ އަމިއްލަ ފޯނަށް އަންނަ އޯޓީޕީ އެހެން މީހުންނާއި ހިއްސާ ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ