އެމްއައިބީގެ ހިއްސާއަކަށް ރެކޯޑް އަދަދެއް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ރެކޯޑް އަދަދެއް ބަހަން ނިންމައިފި އެވެ.
މި އަހަރު ހިއްސާދާރަކަށް ބަހަން ނިންމީ ހިއްސާގެ ބާޒާރުގައި އެ ބޭންކް ލިސްޓްކުރި ފަހުން ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. އެއީ 2.90ރ. އެވެ. އެ ރޭޓުން ޖުމްލަ 65 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމައިފަ އެވެ.
ފައިދާގެ 37 ޕަސެންޓު ހިއްސާދާރުންނަށް ބަހާނީ އެކަން އާންމު ޖަލްސާގައި ހުށަހަޅައި އަހަރީ އާންމު ޖަލްސާގައި ނަގާ ވޯޓަށް ފަހު އެވެ. އެމްއައިބީން ބުނި ގޮތުގައި މި އަހަރުގެ ހިއްސާއަކަށް ބަހަން ނިންމި އަދަދަކީ މިދިޔަ އަހަރަށް ވުރުގެ އަދަދަށް ވުރެ 65 ޕަސެންޓު ބޮޑު އަދަދެކެވެ.
އެމްއައިބީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 177 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީއ އަހަރަށް ވުރެ 56 މިލިއަން ރުފިޔާ އިތުރުވުމެކެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 401 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ އިތުރުވުމެކެވެ.
މި އަހަރު ހިއްސާގެ ފައިދާ ލިބޭނީ އަންނަ މަހުގެ 8 ގެ ނިޔަލަށް ހިއްސާދާރުންގެ ދަފުރަތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.
އެމްއައިބީން ޕަބްލިކް ކުންފުންޏަކަށް ބަދަލުވީ2 019 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ