‏ކުންފުނީގައި ވިއްކާނެ އެއްވެސް އެއްޗެއް ނެތަސް މޭކަޕްކޮށްގެން އޭޓީއެމްއަށް!

މިހާރު ޑުބާއީގައި ހިނގާ އޭޓީއެމްގައި އެންމެ އަޅައިގަތް މަންޒަރަކީ ސަރުކާރުގެ އެސްއޯއީތަކުގެ ތެރެއިން އެންމެ ބޭކާރު އެސްއޯއީކަމުގައިވާ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޝިއުނާ ޚާލިދު އާއި ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރު ނިޝްވާނު އާއި ދެމީހުން ގޮސް އެތަނުގައި ފޮޓޯތަކަށް ހުއްޓިތިބި މަންޒަރެވެ. އެމްއައިޓީޑީސީއަކީ ބަރެސްދޫ ޕްރޮޖެކްޓް ހިންގަން ނެގި ފައިސާތައް އޭގެ ހައްގުވެރިންނަށްނުދީ ފިލައިގެން އުޅޭ ކުންފުންޏެކެވެ. މިހާރުވެސް ސިވިލްކޯޓުގައި 4 މައްސަލަ ޝަރީއަތް ހިނގަމުންދެއެވެ. އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާއެއް އޮތްއިރު، އޭޓީއެމް ފެއަރއަށް ޑުބާއީ ގޮސްތިބީ ކޯންޗެއް ވިއްކަންބާވައެވެ؟ ޝިއުނާގެ ކަރުގައި އަޅާފައި އޮތް ބޮޑު ފާހުގައި ‘އެގްޒިބިޓަރ’ ޖަހާފައި އޮތްއިރު ހަމަ ގައިމުވެސް ބަރެސްދޫއަށް އިންވެސްޓްކުރާނެ މީހަކު އޭޓީއެމް ތެރެއަކުން ނުލިބޭނެއެވެ. އޭޓީއެމް ގެ ބައިވެރިއަކު މި ޝިއުނާ ކައިރީގަ ކީއްކުރަންތޯ ޑުބާއީ އެގްޒިބިޝަނަށް އައިސް ހުރީ ބުނީމަ ބުނީ މިނިސްޓަރު ފައިސަލް ބުނެގެން ގަމީސް އިސްތިރިކޮށްދޭންވެގެންނޯލައެވެ.‏ބޮޑު ކޯޓެއް ލައިގެން ދުނިޔެވަށާ ބުރުޖަހަން ލިބިފައި އޮތް ފުރުޞަތުގައި ސަރުކާރުގެ ހަރަދުގައި ދަތުރުތައް ކޮށްލަނީއެވެ. ނިޝްވާނުއަކީވެސް ރައްޔިތުންގެ އަތުން ފައިސާނަގައިގެން، އޮޑިޓް ރިޕޯޓް ނުނެރެ ފިލައިގެން އުޅޭ ‘އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނު’ ގެ މެމްބަރަކަށްވެފައި މީނާއަކީވެސް އެމްއައިޓީޑީސީ ގައި ހުރި ވާންޗޯއެކެވެ. މާދަމާ ޖުޕިޓަރުގައި އެގްޒިބިޝަނެއް ބޭއްވިޔަސް މިދެމީހުން މޭކަޕްކޮށްގެން އެތަނުގައި ފޮޓޯ ނަގަން ތިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ