އަރަބި ޓުއަރިޒަމް ފެއަރގަ, ބޮޑު ޚަރަދެއް ކޮށްގެން އެމްއެމްޕީއާރިސީއާއި ޓޫރިޒަމް މިނިސްޓްރީން ކުރި އިންތިޒާމްތަކަށް އިންޑަސްޓްރީގެ ނުރުހުން! ރާއްޖޭގެ މުޅި ސްޓޯލް ތެރޭގައި އޮތީ ފައިސަލްގެ ވީޑިއޯ ބަލާފައި ޖޯކު ޖެހުން!

މިމަހުގެ 6 އިން 9 އަށް ދުބާއީ ވާރލްޑް ޓްރޭޑް ސެންޓަރުގައި ކުރިޔަށްދާ އަރަބި ޓުއަރިޒަމް ފެއަރގަ, ބޮޑު ޚަރަދެއް ކޮށްގެން އެމްއެމްޕީއާރިސީންނާއި ޓޫރިޒަމް މިނިސްޓްރީން ކުރި އިންތިޒާމްތަކަށް އިންޑަސްޓްރީގެ ގިނަ ބައެއްގެ ނުރުހުން އަމާޒު ވެއްޖެއެވެ.
މި ފެއަރގެ ޓުއަރިޒަމް މިނިސްޓްރީންނާއި އަދި އެމްއެމްޕީއާރުސީން ކޮށްފައިވާ އިންތިޒާމްތަކާ ގުޅޭގޮތުން “ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ހިއްސާ ކުރައްވަމުން ފެއަރގެ ބައިވެރިއަކު ވިދާޅުވީ ސަރުކާރުގެ ފަރާތުން ކޮށްފައިވާ އިންތިޒާމުތައް ހުރީ ބޮއްސުން ލާފައި ކަމުގައެވެ.
އެގޮތުން ޓުއަރ އޮޕަރޭޓަރުންނާ ރިސޯޓުތަކުން ސްޓޭންޑުގެ ސްޓޯލުތަކަށް އެތައް ފައިސާ އެއް ހަރަދު ކުރި އިރު، ސައި ކޮފީ ކޮޅެއް ލިބޭނެ ގޮތްވެސް ނެތްކަަމަށް ފެއަރގަ ބައިވެރިބަމުންދާ ފަރާތްތަކުން ވިދާޅުވެފައި ވެއެވެ. އެގޮތުން އެކަމުގެ ޝަކުވާތައް ކުރުމުން ދެވަނަ ދުވަހު ކޮފީ މެޝިނެއް ބައިންދައިދިން ކަމަށާއި، ނަމަވެސް މެޝިނު ހުރީ “ދެއިރުން އެއް އިރު” ހަލާކު ވެފަައިކަމަށްވެސް މައުލޫމާތުދިން ފަރާތުން ވިދާޅުވިއެވެ.‏އޭގެ އިތުރުން, ރާއްޖެއިން ބައިވެރިވި ފަރާތްތަކަށް ހަދާފައިވާ ސޮޓޯލް ތަކުގައި އިށީނދެލާނެހާ ތަންކޮޅެއްވެސް ނެތްކަން އޭނާ ފާހަގަކުރިއެވެ. މިކަން މިގޮތަށް މެދުވެރިވާން ޖެހުނީ ޖާގައިގައި ގިނަ ސްޓޯލް ޖަހަން ހަދައިގެންކަންވެސް އޭނާ ފާހަގަ ކޮށްފައި ވެއެވެ.
ފެއަރގައި މިހާރުވެސް ބައިވެރިވަމުންދާ ފަރާތުން “ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ހިއްސާކުރަމުން ވިދާޅުވެފައިވަނީ މުޅި ސްޓޯލް ތެރޭގައި އޮތީ ފައިސަލްގެ ވީޑިއޯ ބަލާފައި ޖޯކު ޖެހުން ކަމަށާއި, މިކަންކަމާހެދި އިންޑަސްޓްރީގެ ފަރާތްތަކުން ތިބީ ޓުއަރިޒަމް މިނިސްޓަރ އިބުރާހިމް ފައިސަލްއާއި އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު (ކުޑީ)އަށް އިންތިހާއަށް އިންތިހާއަށް ހިންހަމަ ނުޖެހިފައި ކަމުގައެވެ.
‏ފައިސަލް އާއި ކުޑީ އުޅޭ ވައްތަރުން ހުރިހާ އިންޑަސްޓްރީ އެންމެން މުއިއްޒު އަށް ބަވަނީ!
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެމުން, ފެއަރގަ ބައިވެރިއަކު ވިދާޅުވިއެވެ.
މިހާރު ކުރިޔަށްދާ އަރަބިއަން ޓްރަވަލް މާރކެޓްގައި ފަތުރުވެރިކަމާބެހޭ ވަޒީރު, ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ ދަރި ފައިސަލް އިނގިރޭސިބަހުން ދެއްކި ވާހަކަތައް ގިނަބައެއް މަލާމާތް އަމާޒުވެފައި ވެއެވެ.
ރާއްޖެ ޕްރޮމޯޓުކުރުމަށް ބޭރުގެ ފޯރަމްތަކުގައި އޭނާ އިނގިރޭސިބަހުން ވާހަކަ ދައްކަމުން ދަނީ ”ބްރޯކެން އިންގްލިޝް“ (މާނަވެސް ސާފުނުވާގޮތަށް, ބަހުގެ ހަމަަތައް އޮޅުވާލައިގެން އިނގިރޭސިބަހުން ވާހަކަ ދެއްކުން) އިންނެވެ. އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދަނީ ނުރަގަޅު ތަސައްވުރެއް ލިބެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ