ސަރުކާރަށް ފުރިހަމަ ބާރު ލިބިގެން ނިންމޭ ހުރިހާ ކަމެއް އެހެރީ 5 މަސްތެރޭ ނިންމާފަ!: ރައީސް ޑރ. މުޢިއްޒު

މިދިޔަ 4، 5 މަހުގެ ތެރޭގައި، އަޅުގަނޑު އޮރާދުކުރެއްވީތީ. އަޅުގަނޑުމެންނަށް ފުރިހަމަ ބާރު އޮވެގެން ސަރުކާރުން ނިންމޭ ކަމެއް ވިއްޔާ، ސަރުކާރަށް ފުރިހަމަ ބާރު ލިބިގެން ނިންމޭ ހުރިހާ ކަމެއް ނިންމާފަ އެހެރީ. މި 4،5 މަހަށް ކަނޑައެޅިފަހުރި. އަދި ދަނީ ދެން ހުރި ކަންކަންވެސް ބާރު ސްޕީޑްގަ.
ދެން މިކަންތައްތައް އަޅުގަނޑުމެން ކުރާނެ ކަން އިނގޭތީ އެކި ކަހަލަ ވާހަކަ ދައްކަމުން އެދަނީ. އެކި ކަހަލަ ދޮގު ހަދަމުން ދަނީ. ދެން އަޅުގަނޑު ބޮލުގަ ދޮގު އަޅުވަން އުޅެ އުޅެ އެޅުވޭގޮތެއް ނުވޭ. އަޅުގަނޑަކީ ވަޢުދެއް ވެއްޖެއްޔާ ތެދު ބަހުން ވާހަކަ ދައްކާ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ފުއްދާ މީހެއްކަން ރައްޔިތުން އެބަ ޤަބޫލުކުރޭ. 
އެހެންމަ މިއިން އެއްވެސް ކަމެއް ވޯރކް ނުކުރީމަ ދެން އެމީހުންގެ ޔޫސުއަލް ޓެކްޓިކްސް އަށް، މީގެ ކުރީގައި މޭޔަރު އިންތިޙާބުގަވެސް ފަހުވަގުތު ގޮތް ހުސްވީމަ އޅުގަނޑުގެ އަބުރު ކަތިލަން ފެށީ. މާލޭގެ ރައްޔިތުން އެކަން ޤަބޫލެއް ނުކުރި. ގެންގޮސް އެކިކަހަލަ މައްސަލަތަކުގަ ސުވާލު ކޮށް ހެދި، އެއްވެސް ކަމެއް ސާބިތެއްވެސް ނުވޭ. ދެން ރިޔާސީ އިންތިހާބު އައީ، ހަމަ އެކިކަހަލަ ވާހަކަ ދައްކައިގެން ރައޔިތުން ޤަބޫކު ނުކުރީހަމ ދެން، ހަމަ ބުހުތާނު ދޮގު ހަދައިގެން އަޅުގަނޑުގެ އަގު ވައްޓާލަން މަސައްކަތް ކުރީ. މޭޔަރު އިންތިޚާބުގަވެސް އަޅުގނޑު ދެނެންވިން. ވަރަށް އުފާކުރަމޭ ތިކަހަލަ ވާހަކަ ދައްކާތީވެ، އަޅުގަނޑު އެދެމޭ ތިކަންކަން ބަލަން. ބެލީމަ ފެންނާނޭ އެއްޗެއްގަ ނެތްކަން ޙަޤީގަތެއް. 
އެކިކަހަލަ އެކިއުޒޭޝަންސް އޭރުގަވެސް އައީ. އެހެންވީމަ މީކީ އާ ވާހަކައެއް ނޫން. ހަމަ އޭރުގަވެސް ހުރި އެއްޗެހި، ހަމަ އެއަވާހަކައެއް، އެއްލަވައެއް.
 
- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ